Advertisement

ކެންސާ ސޮސައިޓީގެ "ޔުނައިޓެޑް ބައި ޔުނީކް" އިވެންޓުގައި ޓްރީ ޓޮޕް ބައިވެރިވެއްޖެ

4 ފެބުރުވަރީ 2025 - 13:17 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

"ޔުނައިޓެޑް ބައި ޔުނީކް" އިވެންޓުގައި ޓްރީ ޓޮޕް ބައިވެރިވުން -- ފޮޓޯ: ޓްރީ ޓޮޕް


ކެންސާ ސޮސައިޓީގެ "ޔުނައިޓެޑް ބައި ޔުނީކް" އިވެންޓުގައި ޓްރީ ޓޮޕް ބައިވެރިވެއްޖެ

4 ފެބުރުވަރީ 2025 - 13:17 0

ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން ކެންސަރ ސޮސައިޓީން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ "ޔުނައިޓެޑް ބައި ޔުނީކް" އިވެންޓްގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެއެވެ.

މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވުނު އެ އިވެންޓްގައި ޓްރީ ޓޮޕްގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ސްޕެޝަލިސްޓް އޮންކޮލޮޖިސްޓް ޑރ. މުހައްމަދު އަމްރު އަދި ކޮންސަލްޓަންޓް އީ.އެން.ޓީ ޑރ. ރާޖޭޝް ވާލަންދް އެވެ.

އެ ދެ ޑޮކްޓަރުންނަކީ ވެސް ކެންސަރާ ބެހޭ ޓްރީޓްމަންޓް އަދި ސާޖަރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ތަޖުރިބާކާރު ޑޮކްޓަރުންނެވެ.

އިވެންޓްގައި ޑރ. ރާޖޭޝް އަދި ޑރ. އަމްރު ވަނީ ރާއްޖޭގައި އާންމުކޮށް ފެންނަ ކެންސަރު ބަލިތަކާއި، އެ ބަލިތައް ދެނެގަންނާނެ ގޮތްތަކުގެ މުހިންމު މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

މީގެ އިތުރުން ކެންސަރުގެ ފަރުވާ ހޯދަމުންދާއިރު ދިރިއުޅުން ބައްޓަން ކުރާނެ ގޮތްތަކާ ބެހޭ މަޢުލޫމާތު ވެސް އެ ދެ ޑޮކްޓަރުން ފޯރުކޮށްދިނެވެ.

ޓްރީ ޓޮޕުން ބުނީ އެފަދަ ހޭލުންތެރިކަމުގެ އިވެންޓްތަކަށް އެ ހޮސްޕިޓަލުން ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ކަމަށާއި މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

ދުނިޔޭގެ ކެންސަރު ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ހޭލުންތެރިކަން އިތުރު ކުރުމަށް ބާއްވާ އިވެންޓުތަކުން ކުރިން ބަލި ދެނެގަނެ އެންމެ ރަނގަޅު ފަރުވާ ހޯދަން މަގުފަހިވެ އެވެ.