2 ފެބުރުވަރީ 2025 - 15:27 1
ލީވާން އަލީ ނާސިރު
މީގެ ކުރިން ބޭއްވި މެރިން އެކްސްޕޯއެއްގެ ތެރެއިން: ހޮންޑާ މެރިންގެ ހުރިހާ އިންޖީނެއް ފެންނާނެ -- ފޮޓޯ: އަދަދު ފައިލް
2 ފެބުރުވަރީ 2025 - 15:27 1
އަންނަ ބުރާސްފަތި ދުވަހު ފަށާ މޯލްޑިވްސް މެރިން އެކްސްޕޯގައި ހޮންޑާގެ ހުރިހާ އިންޖީނެއް ފެންނާނެ ކަމަށް މެރިން ވައިބުން ބުނެފި އެވެ.
ހޮންޑާ މެރިންގެ ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓާ މެރިން ވައިބުގެ ޗީފް އިންޖިނިއަރު އިސްމާއިލް މުހައްމަދު "އަދަދު" އަށް ވިދާޅުވީ އެކްސްޕޯގައި ހޮންޑާ މެރިންގެ އިންޖީނުތައް ޑިސްޕްލޭކޮށް، އެއާ ބެހޭ މައުލޫމާތުތައް އާންމުންނަށް ކިޔައިދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ހުރިހާ ޕްރޮޑަކްޓެއްގެ ލައިންއަޕެއް ފެންނާނެ. ހާއްސަކޮށް ދިވެހިރާއްޖޭގައި މިހާރު އެންމެ މަގުބޫލުވަމުން މިއަންނަ 350hp V8 އައުޓްބޯޑު. އެއީ މިހާރު ވެސް ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވިފައި އޮންނަ ޕްރޮޑަކްޓެއް. ހާއްސަ އިންޖީނުތައް ފެނިގެންދާނެ ލޯންޗުގައި އަޅާފައި ހުންނަ އިންޖީނުތަކާ އެއްކޮށް،" އޭނާ ވިދާލުވި އެވެ.
އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މެރިން އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި މެރިން ވައިބުގެ ސްޓޯލްއަށް ޒިޔާރަތްކުރާ މީހުންނަށް ކޫޕަން ފުރައިގެން 150 ހޯސްޕަވަރުގެ ހޮންޑާ އައުޓްބޯޑު އިންޖީނެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ހޮންޑާ މެރިން އިންޖީނުގެ ތެޔޮ ހަރަދު ކުޑަ ކަމަށްވާއިރު، އެ އިންޖީނުގައި ގިއަރު ބޮކްސް ވަރުގަދަ އެވެ. އަދި އެ އިންޖީނަކީ ލޮނަށް ނުގިރޭ އިންޖީނެކެވެ. ފާއިތުވެދިޔަ ތިން އަހަރު މެރިން ވައިބުން ވަނީ 700 އަށްވުރެ ގިނަ އިންޖީނު ވިއްކާފަ އެވެ.
މެރިން ވައިބުގެ ޝޯރޫމްތައް ހުންނަނީ މުރަނގަ މަގުގެ މ. ނައިޓްމޫންގައި ހުންނަ ތަނާއި، މ. އޯކިޑު މަގުގައި ހުންނަ ނިމްސާ ވިއުގަ އެވެ.
Comment