about 2 hours 0
about 2 hours 0
މިއަހަރުގެ މެރިން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ހަދިޔާއެއް ހޯދުމުގެ ރަނގަޅު ފުރުސަތެއް އޮމެގާ ފައިބަ އެންޑް ކެމިކަލްސް އިން ހުޅުވާލައިފި އެވެ.
މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ބާއްވާ މި އެކްސްޕޯގައި ހުންނަ އޮމެގާ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް، އެންމެ ފަހުގެ އައިފޯނު 17 ޕްރޯ މެކްސް ލިބޭނެއެވެ.
އޮމެގާ އަކީ ރާއްޖޭގެ ކަނޑުއުޅަނދުފަހަރު ބަނުމުގެ ސިނާއަތުގައި ބޭނުންކުރާ އެންމެ ފެންވަރު ރަނގަޅު ފައިބަރާއި ކެމިކަލް އެތެރެކޮށް، ހޯލްސޭލް އަދި ރީޓެއިލްކޮށް ފޯރުކޮށްދޭ އެންމެ އިތުބާރު ހިފޭ އެއް ކުންފުންޏެވެ.
މި ފަހަރުގެ އެކްސްޕޯގައި އެ ކުންފުނިން ދައްކާލާ އުފެއްދުންތަކުގެ ތެރޭގައި ބޯޓު ބަނުމަށް ބޭނުންވާ މުހިންމު ސާމާނު އެބަ ހުއްޓެވެ.
މި ފުރުސަތުގައި ބައިވެރިވުމަށްޓަކައި ކުރަންޖެހޭ ކަމަކީ މެރިން އެކްސްޕޯގައި ހުންނަ އޮމެގާގެ ސްޓޯލަށް ޒިޔާރަތްކޮށް، އެ ކުންފުނީގެ ފޭސްބުކް ޕޭޖް ފޮލޯ ކޮށްލުމެވެ.
މިފަހަރުގެ އެކްޕޯސްގައި އެމެގާއިން ވަނީ އެ ކުންފުނީގެ ދަށުން ހިންގާ ކުޑާ ކްރާފްޓުގެ 38 ފޫޓުގެ މަސް ލޯންޗު ވެސް ތައާރަފުކޮށްފަ އެވެ.
މިއަދު ހަވީރު ފެށި މޯލްޑިވްސް މެރިން އެކްސްޕޯ ކުރިއަށްދާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް މި އެކްސްޕޯ އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ.
Comment