about 2 hours 0
ލީވާން އަލީ ނާސިރު
ޔަމަހާގެ ސްޓޯލް.
about 2 hours 0
މިއަދު ފެށި މޯލްޑިވްސް މެރިން އެކްސްޕޯގައި ހުރި ޔަމަހާގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، އަގުހުރި އިނާމުތަކެއް ލިބޭ ފުރުސަތެއް ހުޅުވާލައިފި އެވެ.
އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގައި، ޔަމަހާގެ ސްޓޯލަށް ޒިޔާރަތްކޮށްގެން ގުރުއަތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރިންނަށް ތަފާތު ތިން އިނާމެއް ވަނީ ހުށަހަޅާފައެވެ. އެއީ؛
ޔަމަހާ ސްޓޯލުގައި އެ ބްރޭންޑުގެ ހުރިހާ މޮޑެލެއްގެ އިންޖީނުތައް ދައްކާލަން އެބަ ހުއްޓެވެ. އަދި އެލިއާއިން ވިއްކާ އެހެން ބައެއް އުފެއްދުންތައް ވެސް އެބަ ހުއްޓެވެ.
އިންޖީނުތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށާއި، އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ބަޔަކު ސްޓޯލަށް ޒިޔާރަތްކުރުމަކީ އެލިއާގެ ވަރަށް ބޮޑު އެދުމެކެވެ.
Comment