Advertisement

މެރިން އެކްސްޕޯ: ސީގިއާއިން ލިޕް ބްރޭންޑުގެ އަވި އައިނު ތައާރަފުކޮށްފި

about 2 hours 0


މެރިން އެކްސްޕޯ: ސީގިއާއިން ލިޕް ބްރޭންޑުގެ އަވި އައިނު ތައާރަފުކޮށްފި

about 2 hours 0

މޯލްޑިވްސް މެރިން އެކްސްޕޯގައި މިފަހަރު އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ އެއް ސްޓޯލަކީ ސީގިއާގެ ސްޓޯލެވެ.

އެ ކުންފުނިން ރާއްޖޭގެ މާކެޓަށް އަލަށް ތައާރަފުކުރި އުފެއްދުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ދުނިޔޭގެ މަޝްހޫރު "ލިޕް" ބްރޭންޑުގެ އަވި އައިނެވެ.

ލިޕް ސަންގްލާސް އަކީ ކަނޑުމަތީގެ ހަރަކާތްތަކާއި ފެނުގެ ކުޅިވަރުތަކަށް ހާއްސަކޮށްގެން މަތީ ފެންވަރެއްގައި ފަރުމާކޮށްފައިވާ އައިނެކެވެ.

މި އައިނުގެ އެންމެ ހާއްސަ ސިފައަކީ މޫދުގައި އުޅޭއިރު ލޮލަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދިނުމާއެކު، އައިނު އަޅައިގެން ހުންނައިރު މޫނަށް ފަސޭހަވުމެވެ. މީގެ އިތުރުން، މި އައިނުތަކަކީ މޫދަށް ވެއްޓުނަސް ފެންމަތީގައި އޮންނަ ގޮތަށް ފަރުމާކޮށްފައިވާ އައިނުތަކެކެވެ.

ސީ ގިއާ އިން ބުނި ގޮތުގައި، މެރިން އެކްސްޕޯގައި ލިޕް ސަންގްލާސްގެ ތަފާތު ޑިޒައިންތަކާއި ކުލަތައް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ މޫދު ކުޅިވަރުތަކަށް ލޯބިކުރާ ފަރާތްތަކާއި، ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކަށް ކަމުދާނެ އައިނެކެވެ.

މި އައިނުގެ އިތުރުން، ވެލާމޯ ބްރޭންޑުގެ އެސްޔޫޕީ ބޯޑުތައް ވެސް ސީ ގިއާގެ ސްޓޯލުން މިފަހަރު ފެންނާނެ އެވެ.