28 ޖަނަވަރީ 2025 - 12:39 1
ލީވާން އަލީ ނާސިރު
ަރައީސް ޑރ. މުހައްމަދު މުއިއްޒު: ނާގޯށި ނިންމަން ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން އެހީވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
28 ޖަނަވަރީ 2025 - 12:39 1
ހދ. ނާގޯށީގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފެސިލިޓީއެއް މެދުވެރިކޮށް ނިންމަން ސަރުކާރުން ނިންމައިފި އެވެ.
ހއ. ފިއްލަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމްޓީޑީސީއަށް ސަރުކާރުން ދޫކޮށްފައިވާ ނާގޯއްޓަކީ ހދ. އަތޮޅުގެ ރައްޔިތުންގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުންނަށް މުހިންމު ތަނެއް ކަމަށެވެ.
އެގޮތުން ބީއެމްއެލްގެ ފެސިލިޓީއެއް މެދުވެރިކޮށް އެ މަސައްކަތް ނިންމުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެމްޓީޑީސީއަށް ސަރުކާރުން ދޫކޮށްފައިވާ ވަރަށް ގިނަ އަހަރުތަކެއްވީ ރަށެއް ނާގޯށި އެއީ ހދ. ގައި. އަޅުގަނޑުމެން ހަމަ ބެންކް އޮފް މޯލްޑިވްސްއިން މިހާރު ފެސިލިޓީއެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާ ވާހަކަ ހދ. ގެ ރައްޔިތުންނަށް އަދި މި ސަރަހައްދުގެ ރައްޔިތުންނަށް މުހިންމުވާނެތީ ހަމަ މި މައުލޫގެ ދަށުން މި ދަންނަވާލަނީ" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުން އެހީތެރިވެގެން އެ ރިސޯޓު ވީހާވެސް އަވަހަށް ހުޅުވުމަކީ ސަރުކާރުން މިހާރު ކަނޑައަޅާފައި އޮތް އަމާޒު ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެމްޓީޑީސީއަށް އެ މަގު އަޅުގަނޑުމެން ފަހިކޮށްދޭނަން. ފަހިކޮށްދީ އެ ރަށް ރިސޯޓެއް ގޮތުގައި 2006 ވަނަ އަހަރު އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ދޫކޮށްފައި އޮތް ރަށެއް. އަދިވެސް ނެހެދޭ. އެކަން ނިމުމަކަށް ގެނެސްދީ، އެ ރިސޯޓު އިރާދަކުރެއްވިއްޔާ ސަރުކާރުން އެހީތެރިކަން ދީގެން ހުޅުވުން އެއީ މިހާރު އަޅުގަނޑުމެންގެ އަމާޒަކީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ހއ. އަތޮޅާއި ހދ. އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރަން އިތުރު ރަށްތަކަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މިގޮތުން ކެމްޕެއިނުގައި ވީ ވައުދާ އެއްގޮތަށް ހއ. ކެލާގެ ފަޅު ތެރޭގައި ދެ ރިސޯޓެއް ހަދާނެ ކަމަށާއި ހއ. ވަށަފަރުގައި ސިޓީ ހޮޓަލެއް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނާގޯއްޓަކީ މީގެ ކުރިން އެކިފަހަރު މަތިން އެމްޓީޑީސީން ތަރައްގީ ކުރަން މަސައްކަތް ކޮށްފައިވާ ރަށެކެވެ. އެހެންނަމަވެސް އެ ރަށް ނިމުމާ ހަމައަށް ގެނެސް އެ ރަށުން ފައިދާއެއް ނެރެވިފައެއް ނުވެ އެވެ.
އެ ރަށް ތަރައްގީކޮށް ނިންމަމުން ދަނީ އެމްޓީޑީސީގެ 15 ޕަސަންޓު ހިއްސާ އޮންނަ ގޮތަށެވެ. 76 ހެކްޓަރުގެ އެ ރިސޯޓަކީ ރާއްޖޭގައި ހުޅުވުމަށް ތައްޔާރުވަމުންދާ އެންމެ ބޮޑު ރިސޯޓެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކޭކު ފަޅި
about 2 months ago
މީތި ކަޑަ... ދައުލަތުގެ މުއައްސަސާއެއްނޫން ކޮމާޝަލް ބޭންކަކީ... ދެން ނާގޯށިން ދަރަނި ނުދެއްކުނީމާ އެޔާ ހަވާލުވާނި ދައުލަތުންތަ؟
Comment