22 ޖަނަވަރީ 2025 - 12:12 1
ލީވާން އަލީ ނާސިރު
މޯލްޑިވިއަންގެ ފްލައިޓް ޗެންޑޫއަށް ޖެއްސި ވަގުތު: ޗެންޑޫ އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ވަނީ ކިޔާފައި -- ފޮޓޯ: މޯލްޑިވިއަން
22 ޖަނަވަރީ 2025 - 12:12 1
ގައުމީ އެއާލައިން, މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓުގެ ދަތުރުތައް ޗައިނާއަށް ފަށައިފި އެވެ.
މޯލްޑިވިއަންގެ ވައިޑް ބޮޑީގެ ފުރަތަމަ ދަތުރު ރާއްޖެއިން ކޮށްފައި ވަނީ ޗައިނާގެ ޗެންޑޫއަށެވެ. އެ ސިޓީއަށް މޯލްޑިވިއަންގެ ބޯޓު ޖެއްސުމުން ހޫނު މަރުހަބާއެއް ވަނީ ކިޔައިފައިވެ އެވެ.
ޗެންޑޫއަށް މޯލްޑިވިއަންގެ ދަތުރު ފެށީ ދެކޮޅު ޓިކެޓް 688 ޑޮލަށެވެ. އެއީ 40 ކިލޯގެ ބެގެޖް އެލަވަންސްއަކާ ވެސް އެކުގަ އެވެ.
މޯލްޑިވިއަންއިން ބުނި ގޮތުގައި ޖުމްލަ 264 ސީޓު ހިމެނޭ މި އެއާބަސް 330-200 އިން ފުރަތަމަ ދަތުރުތައް ރޭވިފައިވަނީ ޗެންޑޫގެ އިތުރުން ބެއިޖިން އަދި ޝެންހާއީއަށެވެ.
މިގޮތުން ބެއިޖިންއަށް ދެކޮޅު ޓިކެޓް 788 ޑޮލަރަށް ހުރިއިރު، ޝަންހާއީއަށް ދެކޮޅު ޓިކެޓު އުޅެނީ 777 ޑޮލަރަށެވެ. އެ ދަތުރުތަކުގައި ވެސް 40 ކިލޯގެ ބެގެޖް އެލަވަންސަކާ ވެސް އެކުގަ އެވެ.
މިދިޔަ ޖެނުއަރީ 6، ގައި ރާއްޖެއަށް ގެނައި އެ އެއާކްރާފްޓުގައި ބިޒްނަސް ކްލާހާއި, ޕްރީމިއަމް އިކޮނޮމީ ކްލާހާއި އިކޮނޮމީ ކްލާހުގެ ގޮނޑިތައް ހިމެނެ އެވެ.
މިއީ ފުރަތަމަ ވައިޑްބޮޑީ އެއާކްރާފްޓު ނަމަވެސް މީގެ ދެވަނަ އެއާކްރާފްޓެއް ގެންނަން ވެސް މޯލްޑިވިއަނުން ވަނީ ރާވާފަ އެވެ. މި ދެ މަތިންދާބޯޓާއެކީ އަހަރަކު 65,000 ޓޫރިސްޓުން ގެނެވޭނެ މަގުފަހިވެ, ކޮންމެ ފްލައިޓެއްގައި 10 ޓަނުގެ އެއާކާގޯ އުފުލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަންއިން މި މަތިންދާ ބޯޓުތައް ކުއްޔަށް ނެގީ ނެދަލޭންޑްސްގެ ޓްރޫނޯޑު ކުންފުނިންނެވެ. އެ ކުންފުންޏާއެކީ މި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
މީގެ ކުރިން މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރަމުން އައީ އެއާބަސް-321، އެއާބަސް-320 ގެ ދެ ބޯޓެވެ. އޭގެ ތެރެއިން އެއާބަސް އޭ321 މަރުކާގެ ބޯޓުގެ މެއިންޓަނެންސްގެ ހަރަދު ބޮޑުވާތީ، އެ ބޯޓުގެ ލީސްގެ މުއްދަތު އިތުރުނުކޮށް، މޯލްޑިވިއަން އިން ވަނީ އެ ބޯޓު ދޫކޮށްލާފަ އެވެ.
Comment