Advertisement

ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސް ފަށަން މޯލްޑިވިއަން އާއެކު ސޮއިކޮށްފި

16 ނޮވެންބަރު 2025 - 20:20 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެއާ އެމްބިއުލާންސް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން: މިއީ ހެލްތު މިނިސްޓްރީ އާއި އެންސްޕާ އާއި މޯލްޑިވިއަންއާ ވެވުނު އެއްބަސްވުމެއް --- ފޮޓޯ: ހެލްތު މިނިސްޓްރީ


ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސް ފަށަން މޯލްޑިވިއަން އާއެކު ސޮއިކޮށްފި

16 ނޮވެންބަރު 2025 - 20:20 1

ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސްގެ ދަތުރުތައް ފެށުމަށް ހެލްތު މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން އަދި އެންސްޕާ އާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އައިލެންޑް އެވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އިބްރާހިމް އިޔާޒު އެވެ. މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހަމްދާން ނާސިރު ސޮއިކުރެއްވިއިރު، އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހީނާ ވަލީދެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެއްވެސް ގާނޫނީ ހުރަހެއް ނެތި އެއާއެމްބިއުލާންސް ހިދުމަތް ރާއްޖެއިން ބޭރުން ދިނުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ އެއްބަސްވުމުގެ ދަށުން އެންމެ ޒަމާނީ ވަސީލަތްތަކާއެކު އުޅަނދުތައް މެދުވެރިކޮށް ހިދުމަތް ދިނުމަށް މޯލްޑިވިއަން ތައްޔާރަށް އޮންނާނެ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ދަށުން މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސާވިސް އުފައްދައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް އެއާ އެމްބިއުލާންސް ބޭނުންކޮށް ކުއްލި ފަރުވާގައި މީހުން އުފުލުގެ ހިދުމަތް ދަނީ ދެމުންނެވެ.

އެގޮތުން މި ހިދުމަތް ފެށި ފަހުން މިހާތަނަށް 1،840 ބަލިމީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަނީ ކުއްލި ހާލަތުގައި މާލެ ސަރަހައްދަށް ގެނެސް ފަރުވާދީފަ އެވެ.