Advertisement

އޭޓީއާރު މަރުކާގެ އިތުރު ދެ ބޯޓު މޯލްޑިވިއަންއިން ކުއްޔަށް ނަގަނީ

19 ނޮވެންބަރު 2025 - 13:10 0


އޭޓީއާރު މަރުކާގެ އިތުރު ދެ ބޯޓު މޯލްޑިވިއަންއިން ކުއްޔަށް ނަގަނީ

19 ނޮވެންބަރު 2025 - 13:10 0

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ބަދަލުކޮށް ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އޭޓީއާރު މަރުކާގެ އިތުރު ދެ ބޯޓު ކުއްޔަށް ހޯދުމަށް އިއުލާން ކޮށްފި އެވެ.

ދެ ބޯޓު މޯލްޑިވިއަންއަށް ކުއްޔަށް ދިނުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ ނޮވެމްބަރު 27، ގެ 14:00 އެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 10، ގެ 23:59 އެވެ.

މިފަހަރު ވެސް މޯލްޑިވިއަންއިން ހޯދަނީ އޭޓީއާރު 600-42 މަރުކާގެ ދެ ބޯޓެވެ. އޭގެ ތެރެއިން އެއް ބޯޓު އޮގަސްޓު 2026، ގައި ރާއްޖެއަށް ގެންނަން ޖެހޭއިރު ދެވަނަ ބޯޓު ގެނައުމަށް ދީފައިވާ ތާރީހަކީ އޮކްޓޯބަރު 2027، އެވެ.

މިވަގުތު އެ އެއާލައިންގެ ފްލީޓުގައި އޭޓީއާރު 600-42 މަރުކާގެ ފަސް ބޯޓު އެބައޮތެވެ. ފަސްވަނަ ބޯޓު ރާއްޖެ ގެނައީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އޭގެ އިތުރުން އޭޓީއާރު 600-72 މަރުކާގެ ދެ ބޯޓު ވެސް އޮވެ އެވެ.

މިއީ ޑޭޝް 8 ގެ ފްލައިޓުތައް ބާވެގެން ފްލީޓު އާކުރުމުގެ ޕްލޭންތަކުގެ ދަށުން ގެންނަ ބޯޓުތަކެކެވެ. ޑޭޝް-8 މަރުކާގެ މަތިންދާބޯޓުތަކަކީ މިހާރު އުފެއްދުން ހުއްޓާލާފައިވާ މަތިންދާބޯޓުތަކެކެވެ. އަދި މޯލްޑިވިއަންގެ ފްލީޓުގައި ބޭނުންކުރާ ބޯޓުތައް ހުރީ ވަރަށް ބާވެފަ އެވެ. މި ބޯޓުތަކަށް ސްޕެއާ ހޯދުމަކީ ވެސް އުނދަގޫ ކަމެއްކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މީގެ ކުރިން ބުނެފައިވެ އެވެ.

އޭޓީއާރް މަތިންދާބޯޓުތަކަކީ ޑޭޝް މަރުކާގެ މަތިންދާބޯޓުތަކާ އަޅާބަލާއިރު ތެލާއި މެއިންޓެނަންސް ހަރަދު އެތައް ގުނައެއް މަދު މަތިންދާބޯޓުތަކެކެވެ. މޯލްޑިވިއަނަށް މިހާރު ގެންނަ ފްލައިޓުތަކަކީ ނިސްބަތުން ތިމާވެއްޓަށް ގެއްލުން ކުޑަ އެއާކްރާފްޓުތަކެއް ވެސްމެ އެވެ.