Advertisement

ޓްރަމްޕް ދެއްވި އުންމީދާ އެކު އެމެރިކާގައި ޓިކްޓޮކްގެ ހިދުމަތް އަލުން ދޭން ފަށައިފި

20 ޖަނަވަރީ 2025 - 11:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް: އެމަނިކުފާނު ދެއްވި އުންމީދާ އެކު ޓިކްޓޮކްގެ ހިދުމަތް އަލުން އެމެރިކާގައި ވަނީ ދޭން ފަށާފައި -- ފޮޓޯ: ރޮއިޓާސް


ޓްރަމްޕް ދެއްވި އުންމީދާ އެކު އެމެރިކާގައި ޓިކްޓޮކްގެ ހިދުމަތް އަލުން ދޭން ފަށައިފި

20 ޖަނަވަރީ 2025 - 11:53 0

އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އުންމީދާ އެކު އެމެރިކާގައި އަލުން މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓިކްޓޮކްގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެމެރިކާއިން އިއްޔެ ޓިކްޓޮކްގެ ހިދުމަތް ހުއްޓައިލީ އެ ހިދުމަތް އެ ގައުމުގައި ދިނުން ހުއްޓާލަން ނެރުނު އަމުރެއް ތަންފީޒު ކުރުމުގެ ގޮތުންނެވެ.

ނަމަވެސް ޓްރަމްޕް ވަނީ އެމެރިކާގެ ރައީސްކަމާ މިރޭ ހަވާލުވެވަޑައިގެންނެވުމަށް ފަހު އެ ގައުމުން ޓިކްޓޮކް މަނާ ކުރުމުގެ އަމުރު ފަސްކޮށް، ހައްލު ގެނެސްދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

މިގޮތުން ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ޓިކްޓޮކް މަނާ ކުރަން ނެރުނު އަމުރު ފަސްކުރަނީ ޗައިނާ ކުންފުންޏަށް އެ އެޕްލިކޭޝަން އެމެރިކާއިން އެއްބަސްވާ ވިއްކާލަން އިތުރު ވަގުތު ދިނުމަށް ކަމަށެވެ.

ޓްރަމްޕް ޓިކްޓޮކަށް ދޭ އިހުތިޔާރަކީ އެމެރިކާގެ 50 ޕަސަންޓު ހިއްސާ އޮންނަ ކުންފުންޏަކަށް ޓިކްޓޮކް ވިއްކާލުމަށެވެ.

އެމެރިކާއިން ނެރުނު އަމުރާ ގުޅިގެން ގޫގުލް އަދި އެޕަލް އިން ވަނީ ޓިކްޓޮކް އެޕްލިކޭޝަން ގިޖިޓަލް ސްޓޯރުން ނަގައިފަ އެވެ.

އެމެރިކާއިން ޓިކްޓޮކް މަނާކުރީ އެ އެޕްގެ ސަބަބުން އެ ގައުމުގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެވެ. އެގޮތުން އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ޓިކްޓޮކް އިން މައުލޫމާތުތައް ނެގަމަށްފަހު ޗައިނާ ސަރުކާރަށް ފޯރުކޮށްދެ އެވެ.