ސްރީލަންކާގެ ރައީސް ޗައިނާއަށް ކުރެއްވި ދަތުރުން އެ ގައުމަށް 3.7 ބިލިއަން ޑޮލަރުގެ ޑައިރެކްޓް އިންވެސްޓުމެންޓެއް

16 ޖަނަވަރީ 2025 - 18:42 0

މުހައްމަދު ޝަހްޒާން

މ

ސްރީލަންކާގެ ރައީސް ޗައިނާއަށް ކުރެއްވި ދަތުރުގެ ތެރެއިން -- ފޮޓޯ: ނިއުސްވަޔާ


ސްރީލަންކާގެ ރައީސް ޗައިނާއަށް ކުރެއްވި ދަތުރުން އެ ގައުމަށް 3.7 ބިލިއަން ޑޮލަރުގެ ޑައިރެކްޓް އިންވެސްޓުމެންޓެއް

16 ޖަނަވަރީ 2025 - 18:42 0

ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެ ޗައިނާއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުގެ ތެރެއިން 3.7 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ތެޔޮ ސާފުކުރާ ކާރުހާނާއެއް ހަމްބަންޓޯޓާގައި އަޅައިދޭން ޗައިނާއިން އެއްބަސްވެއްޖެ އެވެ.

ސްރީލަންކާގައި އެ ކާރުހާނާ އަޅަން ހަމަޖެހިފައި ވަނީ ޗައިނާގެ ސިނޮޕެކް ކޯޕަރޭޝަނުންނެވެ. ކާރުހާނާ އެޅުމުގެ އެއްބަސްވުމުގައި ސްރީލަންކާގެ ޕަވާ އެންޑް އެނާޖީ މިނިސްޓްރީ އާއި ސިނޮޕެކް ކޯޕަރޭޝަނުން މިހާރު ވަނީ ސޮއިކޮށްފަ އެވެ.

ހަމްބަންޓޯޓާގައި ސިނޮޕެކުން ގާއިމު ކުރާ ތެޔޮ ސާފުކުރާ ކާރުހާނާއިން ދުވާލެއްގެ މައްޗަށް 200،000 ފީފާ ސާފު ކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން ސްރީލަންކާގައި ބޭނުން ކުރުމަށްފަހު ރަނގަޅު އަދަދެއް އެކްސްޕޯޓު ވެސް ކުރެވޭނެ ކަމަށް ބެލެވެ އެވެ.

ވަޅުޖެހުމަށްފަހު ހިންދެމިލަމުންދާ ސްރީލަންކާގެ އިގުތިސާދަށް މި އިންވެސްޓުމެންޓުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެ އެވެ. ސްރީލަންކާ އަކީ މާލީ ދަތިކަން ކުރިމަތިވެ 2022 ގައި އިގުތިސާދު އެއްކޮށް ބަނގުރޫޓުވި ގައުމެކެވެ.

ނަމަވެސް ހަރުދަނާ ފިޔަވަޅުތަކާއެކު އެ ގައުމުގެ އިގުތިސާދު މިހާރު އަންނަނީ ކުރި އަރަމުންނެވެ.