Advertisement

ހުވަދޫއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓް ނެރެފި

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުން: ގއ. އަތޮޅާއި ގދ. އަތޮޅަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓް ވަނީ ނެރެފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ހުވަދޫއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓް ނެރެފި

ގއ. އަތޮޅު އަދި ގދ. އަތޮޅަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓް ނެރުނީ މެންދުރު 12:50 އިން ފެށިގެން 15:00 ޖަހަންދެންނެވެ.

މެޓް އޮފީހުން އޮރެންޖް އިންޒާރު ނެރުނީ 12:30 އިން ފެށިގެން 15:00 ޖަހަންދެން ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓެއް ވެސް ނެރުނު ފަހުންނެވެ.

އަދި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް 12:15 އިން އިން ފެށިގެން 18:00 ޖަހަންދެން ވައިޓް އެލާޓް ވެސް ނެރުނެވެ.

މިއީ މި އަހަރު އޮރެންޖް އެލާޓް ނެރުނު ދެވަނަ ފަހަރެވެ. ޖެނުއަރީ 3، ގައި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވެ، ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮރެންޖް އެލާޓް ނެރުނެވެ.

މިގޮތުން، އޮރެންޖް އެލާޓް ނެރުނު ދުވަހު މާލެ އާއި ބައެއް އެހެން ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން ބޮޑެތި ގެއްލުންތަކެއް ވެސް ލިބުނެވެ.