Advertisement

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދުރާލައި މެޓުން ކުރި ޕޯސްޓެއް ޑިލީޓު ކޮށްލައިފި

4 ޖަނަވަރީ 2025 - 12:29 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގަދަ ވިއްސާރައިގައި ލޯންޗެއް ދުއްވާފައި ދަނީ: މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދުރާލައި މެޓުން ކުރި ޕޯސްޓެއް ވަނީ ޑިލީޓްކޮށްލާފައި -- ފޮޓޯ: މެޓް އޮފީސް


މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދުރާލައި މެޓުން ކުރި ޕޯސްޓެއް ޑިލީޓު ކޮށްލައިފި

4 ޖަނަވަރީ 2025 - 12:29 0

ޖެނުއަރީ މަހުގެ ފުރަތަމަ ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޑިސެމްބަރު 31، ގައި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ކުރި ޕޯސްޓެއް ޑިލީޓު ކޮށްލައިފި އެވެ.

މެޓް އޮފީހުން "އަދަދު" އާ ވާހަކަ ދެއްކި މުވައްޒަފަކު ބުނީ އެ ޕޯސްޓު ޑިލީޓްކުރީ މައްސަލަތަކެއް ދިމާވެގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލަތަކެއް ނޭނގޭ ކަމަށް އެ މުވައްޒަފު ބުންޏެވެ.

"ޕޯސްޓު ޑިލީޓް ކޮށްފައި ވަނީ. ކޮންމެވެސް މައްސަލަތަކެއް ޖެހިގެން ކަމަށްވަނީ. ނޭނގޭ ސީދާ ކޮން މައްސަލައެއް ކަމެއް،" އޭނާ ބުންޏެވެ.

މެޓުން ކުރި ޕޯސްޓުގައި ބުނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން، އާ އަހަރުގެ ބަންދު ތެރޭގައި ޖެނުއަރީ 1، އިން ފެށިގެން ޖެނުއަރީ 5، ގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު ވެސް އޮތް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ޑިލީޓްކުރި ޕޯސްޓު


މީގެއިތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނެއްގައި އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް އޭރު ވެސް އޮތީ ލަފާ ކޮށްފަ އެވެ.

މެޓުން ދުރާލައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި އޮތް ނަމަވެސް، ކަމާބެހޭ ފަރާތްތަކުން މޫސުން ގޯސްވެ ގެއްލުންތައް ލިބިދާނެ ކަމަށް ހަރުދަނާ ފިޔަވަޅުތަކެއް ދުރާލައި ނޭޅުމުން އާންމުން އަންނަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.

އެގޮތުން އިއްޔެ ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ދުރާލައި ގެއްލުން ކުޑަ ކުރަން ފިޔަވަޅުތަކެއް އެޅިފައެއް ނުވެ އެވެ.