Advertisement

މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓަށް މަރުހަބާ ކިޔަން އެއާ ޝޯއެއް ބާއްވަނީ

30 ޑިސެންބަރު 2024 - 18:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޯލްޑިވިއަންއިން ކުރިން ބޭނުންކުރަމުން އައި އެންމެ ބޮޑު މަތިންދާބޯޓު: މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓަށް މަރުހަބާ ކިޔަން އެއާ ޝޯއެއް ބާއްވަން ވަނީ ނިންމާފައި -- ފޮޓޯ: އަދަދު ފައިލް


މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓަށް މަރުހަބާ ކިޔަން އެއާ ޝޯއެއް ބާއްވަނީ

30 ޑިސެންބަރު 2024 - 18:51 0

މޯލްޑިވިއަންގެ އާ ވައިޑް ބޮޑީ ބޯޓަށް މަރުހަބާ ކިޔަން އަންނަ ހޯމަ ދުވަހު އެއާ ޝޯއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަންއިން ބުނީ އެއާ ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހު ހަވީރު 5:00 އިން 5:30 ގެ ނިޔަލަށް ހުޅުމާލެ ފޭސް 1 ބީޗު ސަރަހައްދު، ހުޅުމާލެ ފޭސް 2 ބީޗު ސަރަހައްދުގެ އިތުރުން މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ކަމަށެވެ.

މޯލްޑިވިއަންއިން އަންނަ ހޯމަ ދުވަހު ގެންނަނީ އެއާބަސް އޭ330 އެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަރުކާގެ ބޯޓުތަކުގެ އަގަކީ 238.5 މިލިއަން ޑޮލަރެވެ. އިންޓަނޭޝަނަލް ބިއުރޯ އޮފް އޭވިއޭޝަން (އައިބީއޭ) ގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ތެރޭގައި މިފަދަ ބޯޓެއް މަހެއްގެ މައްޗަށް ކުއްޔަށް ހިފާނަމަ 250,000 އެމެރިކާ ޑޮލަރަށް ވުރެ އިތުރަށް ހޭދަވާނެ އެވެ.

އެހެންކަމުން ފަސް އަހަރު ދުވަހުގެ މުއްދަތަށް އެ ރޭޓުގައި މޯލްޑިވިއަންއިން ކުއްޔަށް ނެގުމުން 15 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އެއީ ގާތްގަނޑަކަށް 231 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ.

މި ވައްތަރުގެ މަތިންދާބޯޓަކީ ގިނަވެގެން 406 ސީޓު ހަރުކުރެވޭ، 7،250 ނޯޓިކަލް މޭލުގެ ދުރުމިނުގެ މަންޒިލުކަތަށް ދިގު ދަތުރުތައް ކުރުމުގެ ގާބިލުކަން ހުރި ބޯޓެކެވެ.

މޯލްޑިވިއަންއަށް ވައިޑް ބޮޑީ ބޯޓެއް ފަސް އަހަރު ދުވަހަށް ކުއްޔަށް ނެގުމަށް އިއުލާން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މޯލްޑިވިއަންގެ އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭންކުރަމުން އައީ އެއާބަސް-321، އެއާބަސް-320 ގެ ދެ ބޯޓެވެ. އޭގެ ތެރެއިން އެއާބަސް އޭ321 މަރުކާގެ ބޯޓުގެ މެއިންޓަނެންސްގެ ހަރަދު ބޮޑުވާތީ، އެ ބޯޓުގެ ލީސްގެ މުއްދަތު އިތުރުނުކޮށް، މޯލްޑިވިއަން އިން ވަނީ އެ ބޯޓު ދޫކޮށްލާފަ އެވެ.