Advertisement

ޕީއެސްއެމްގެ އެމްޑީއަކަށް ނަސްރީން އައްޔަނުކޮށްފި

22 ޑިސެންބަރު 2024 - 11:13 5

ލީވާން އަލީ ނާސިރު

ލ

Advertisement


ޕީއެސްއެމްގެ އެމްޑީއަކަށް ނަސްރީން އައްޔަނުކޮށްފި

22 ޑިސެންބަރު 2024 - 11:13 5

Advertisement

Advertisement

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަގާމަށް އިބްރާހިމް ނަސްރީން މިއަދު އައްޔަނު ކުރައްވައިފި އެވެ.

ޕީއެސްއެމްގެ އެމްޑީއަކަށް ނަސްރީން އައްޔަނުކުރިކަން "އަދަދު" އަށް ކަށަވަރުވީ ނަމަވެސް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަޝަން ބޯޑުން (ޕީސީބީ) އިން އަދި މިކަން އަދި ހާމައެއް ނުކުރެ އެވެ.

Advertisement

ޕީއެސްއެމްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި ނަސްރީން އެމްޑީގެ މަގާމަށް ހަމަޖެއްސީ އެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މި ސަރުކާރުން ޕީއެސްއެމްގެ އެމްޑީއަކަށް އެންމެ ފުރަތަމަ ހަމަޖެއްސެވި ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ސައީދު އައްޔަނު ކުރީ އޮގަސްޓް 25، ގަ އެވެ.

ނަސްރީންއަކީ ޕީއެސްއެމްގެ އެމްޑީއަކަށް އެއް އަހަރު ތެރޭ އައްޔަނު ކުރެއްވި ތިންވަނަ އެމްޑީ ކަމަށްވާއިރު، އެ ޗެނަލްއިން ގެނެސްދީފައިވާ ކޮންޓެންޓްގެ މައްސަލަތަކެއް ފެންމަތިވެ ވަރަށް ފަހުން މުވައްޒަފުންތަކެއް ވެސް ވަނީ ސަސްޕެންޑު ކޮށްފަ އެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ފާފު

3 months ago

އަރިސްނޫންމީހަކު ލާނެތަ؟ އަރިސްވިޔަސް ނުވިޔަސް އިތުބާރެއްއޮތީމާތާ ލާނީ. އެމީހުން އަރިސްމީހުން ދަންނަ މީހުން ވަރަށްގިނަވާނެ. އެކަމުގަ ގިނަދުވަހު އުޅުނީމާވާނީ އެހެން. ތިޔަހުރިހާމީހުންނަކީ ޚަލީލުގެ އެދުރުގެއިން ތަމްރީނުވީ މީހުންކަން އެނގޭތަ؟ ވަރަށްގިނަވާނެ ޗެނަލްތަކުގައުޅޭ މީހުން ދަންނަގާތްމީހުން.

ހަސަން އިބްރާހީމް

3 months ago

ތީ ރައީސް އޮފީސް މިނިސްޓަރު ހަލީލުގެ ވަރަށް އަރިސް ބޭފުޅެއް.

ކަސަބެ

3 months ago

ތީ ހަލީލުގެ ބޯއީ އެއް…

ޚެރެޓް

3 months ago

ތިޔައީ ހަލީލް އާއި އިކްރާމްގެ އެއް އަތް.ވަގުންގެ ރައީސް

ޝާޔަން

3 months ago

ޕީއެސްއެމްގެ ހުރިހާ މުވައްޒަފުންވެސް އިއްތިފާގުވޭ މީނާގެ ބޮޑާކަމާއި ކިބުރުވެރިކަމަށް. ތިމާޔަށް ތިމާފެނިފަ ހުންނަނީ