Advertisement

މުއިއްޒުގެ ޕޮޑްކާސްޓު ހުށަހަޅައިދޭ ޝަކީބު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސައިފި

about 17 hours 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


މުއިއްޒުގެ ޕޮޑްކާސްޓު ހުށަހަޅައިދޭ ޝަކީބު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސައިފި

about 17 hours 0

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައީސް މުހައްމަދު މުއިއްޒުގެ ޕޮޑްކާސްޓު ހުށަހަޅައިދޭ މުހައްމަދު ޝަކީބް މިއަދު އައްޔަނުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން ހާމަކޮށްފައިވާ ގޮތުގައި ހުސްވެފައި އޮތް އެ މަގާމަށް ޝަކީބު އައްޔަނުކުރީ މިއަދު އެވެ. އެ މަގާމު ހުސްވީ އިބްރާހިމް ނަސްރީން ނޮވެމްބަރު 29، ގައި އިސްތިއުފާ ދިނުމުންނެވެ. ނަސްރީނަށް ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދީފަ އެވެ.

ޝަކީބަކީ ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގެ ހޯސްޓެވެ. އޭނާ ވަނީ މީގެ ކުރިން ސަރުކާރުގެ ބައެއް މަގާމުތައް އަދާކުރައްވާފަ އެވެ. އޭނާއަކީ ފާއިތުވި ދެ އަހަރު ތެރޭ ޕީއެސްއެމްއާ ހަވާލުވާ ހަތަރުވަނަ މެނޭޖިން ޑިރެކްޓަރެވެ.

ނަސްރީންގެ ކުރިން މި ސަރުކާރުން ވަނީ ޕީއެސްއެމް ހިންގަން ދެ މީހަކު ހަމަޖައްސައިފަ އެވެ. އެއީ އެންމެ ފުރަތަމަ އައްޔަން ކުރި ޒީނާ ޒާހިރާއި ދެ ވަނައަށް އައްޔަން ކުރި މުހައްމަދު ސައީދު އެވެ. އެ ދެ ބޭފުޅުން ވެސް މަގާމުން އިސްތިއުފާ ދެއްވީ އެވެ.

ޒީނާ އިސްތިއުފާ ދެއްވީ އޯގަސްޓު، 2024، ގަ އެވެ. އޭނާއަށް ފަހު އައްޔަން ކުރި މުހައްމަދު ސައީދު އިސްތިއުފާ ދެއްވީ ޑިސެމްބަރު، 2024، ގަ އެވެ.