21 ޑިސެންބަރު 2024 - 23:56 7
ލީވާން އަލީ ނާސިރު
އަލީ ރަމީޒް: އޭނާ ވަނީ ސަލަފުން އިސްތިއުފާ ދީފައި -- ފޮޓޯ؛ ފޭސްބުކް
21 ޑިސެންބަރު 2024 - 23:56 7
ޖަމިއްޔަތުއް ސަލަފުގެ މާކެޓިން އޮފިސަރުގެ މަގާމުގައި ހުރި އަލީ ރަމީޒު އެ ޖަމިއްޔާއިން މިރޭ އިސްތިއުފާ ދީފި އެވެ.
އިސްތިއުފާ ދިންކަން އޭނާ ސޯޝަލް މީޑިއާގައި އާންމު ކުރި ނަމަވެސް، ސަބަބު ހާމައެއް ނުކުރެ އެވެ.
ރާއްޖޭގައި އެންމެ މަޝްރޫއު ލަވަ ކިޔުންތެރިޔާ ގޮތުގައި މަޝްހޫރުވި އަލީ ރަމީޒު 2003 ގައި މިއުޒިކް ކުޅުން ހުއްޓާލުމަށް ފަހު މަސައްކަތް ކުރަމުން އައީ ދީނީ ހޭލުންތެރިކަން ފެތުރުމުގެ އެކި މަސައްކަތްތަކުގަ އެވެ.
ސަލަފުން ރާއްޖޭގެ އެކި ރަށްރަށުގައި ބާއްވާ ހަރަކާތްތަކުގައި އަލީ ރަމީޒު ބައިވެރިވެ އެވެ. އަދި ދާރިސް ޓީވީގައި ވެސް އޭނާ އިސްކޮށް ހަރަކާތްތެރިވެ، ޕްރޮގްރާމު ވެސް ހުށަހަޅަ އެވެ.
ރާއްޖޭގައި މީގެ ކުރިން އުފެދުނު ވެރިކަންތަކުގެ ބައެއް ކަންކަމަށް ސަލަފުން ފާޑުކިޔާފައިވެ އެވެ. ނަމަވެސް މި ސަރުކާރުގެ ކަންކަމަށް ސަލަފުން ފާޑެއް ނުކިޔަ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ސަލަފުގެ މެންބަރުން ތާއިދުކޮށް އެކަމަށް މަސައްކަތް ވެސް ކުރި އެވެ.
Comment