Advertisement

މަރާމާތަށް މިސްކިތް ބަންދުކުރީ ނަމާދުކުރެވޭނޭ އިންތިޒާމު ހަމަޖެއްސުމަށްފަހު: އައިޖީއެމްއެޗް

10 އޮކްޓޯބަރު 2023 - 13:05 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ދަރުމަވަންތަ ހޮސްޕިޓަލް -- ފޮޓޯ: އަދަދު


މަރާމާތަށް މިސްކިތް ބަންދުކުރީ ނަމާދުކުރެވޭނޭ އިންތިޒާމު ހަމަޖެއްސުމަށްފަހު: އައިޖީއެމްއެޗް

10 އޮކްޓޯބަރު 2023 - 13:05 1

އައިޖީއެމްއެޗްގެ ކުރީގެ މިސްކިތް ބަންދުކޮށްފައި ހުރި ނަމަވެސް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ކުރީގެ މިސްކިތް މަރާމާތަށް ކަމަށް ބުނެ ބަންދުކުރުމަށް ފަހު އަދިވެސް ނުހުޅުވާތީ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެމިސްކިތުގައި ބަންގި ގޮވި އަލީ ރަމީޒު އެވެ.

އެކަމަށް ރައްދުދީ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ، ކުރިން ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓު ކައިރީގައި ހުރި ނަމާދުގެ ބަންދުކޮށްފައި ވަނީ ދަރުމަވަންތަ އިމާރާތުގެ ފަސްވަނަ ފަންގިފިލާގައި ޖާގަ ތަނަވަސް ނަމާދު ގެއެއް ހުޅުވުމަށްފަހު ކަމަށެވެ.

އެ ނަމާދުގޭގައި ނަމާދުކުރެވެނީ ހަމައެކަނި އޯޕީޑީ ވަގުތުގަ އެވެ. އެހެން ވަގުތުތަކުގައި ނަމާދުކުރެވޭނެ ތަނެއް ހުރޭތޯ ސުވާލުކުރުމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "އަދަދު"އަށް ބުނީ ކެންޓީނު ކައިރީގައި އަންހެނުން އަދި ފިރިހެނުންނަށް ވެސް ނަމާދުކުރެވޭނެ ނަމާދުގެއެއް ހުންނާނެ ކަމަށެވެ.

އައިޖީއެމްއެޗްގެ ކުރީގެ ނަމާދުގެ ބަންދުކުރީ 2019ގެ ތެރޭގަ އެވެ. އެތަން ބަންދުކޮށްފައި ވަނީ މަރަމާތަށް ކަމަށާއި، ވަރަށް އަވަހަށް އެތަން ހުޅުވާނެ ކަމަށް އައިޖީއެމްއެޗް އިން އޭރު ބުނެފައި ވެއެވެ.

އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައި ވަނީ ނަމާދުގެ ކުރިން ހިންގި ސަރަހައްދަކީ ޕެޓް ސްކޭން މެޝިން ބެހެއްޓުމަށް ސާވޭކޮށް ކަނޑައެޅިފައިވާ ތަންކަމަށެވެ. މިވަގުތު އެތަން ބޭނުން ކުރަމުން އަންނަނީ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ދާތީ އެކަމަށް ބޭނުންވާ ސާމާނު ގުދަންކުރުމަށެވެ.