ޖަމިއްޔަތުއް ސަލަފުން ވަކިވި އަލީ ރަމީޒު އާ ޖަމިއްޔާއެއް އުފައްދައިފި

30 ޖަނަވަރީ 2025 - 18:02 1

އަލީ ރަމީޒް އޭނާ ހުށަހަޅައިދޭ ޕްރޮގްރާމެއްގައި: އަލަށް ރަޖިސްޓްރީ ކުރި ޖަމިއްޔާއަށް ކިޔަނީ "މަންފާ" -- ފޮޓޯ: އަލީ ރަމީޒު


ޖަމިއްޔަތުއް ސަލަފުން ވަކިވި އަލީ ރަމީޒު އާ ޖަމިއްޔާއެއް އުފައްދައިފި

30 ޖަނަވަރީ 2025 - 18:02 1

ޖަމިއްޔަތުއް ސަލަފުގައި އިސް ރޯޯލެއް އަދާ ކުރުމަށްފަހު އެ ޖަމިއްޔާއިން ވަކިވެ، އަލީ ރަމީޒު އާ ޖަމިއްޔާއެއް އުފައްދައިފި އެވެ.

އަލީ ރަމީޒު ސަލަފް ޖަމިއްޔާއިން ވަކިވީ ޑިސެމްބަރު، 2024، ގަ އެވެ. އޭނާ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަލަށް އުފެއްދި ޖަމިއްޔާއަށް ކިޔަނީ "މަންފާ" ކަމަށެވެ.

"އިސްލާމް ދީނުގެ ރިވެތި ވައުޒާއި އިރުޝާދު މީސްތަކުންނަށް ފޯރުކޮށްދީ، މިދީނުގެ ދަންމަރު މިދީބުގައި ނެގެހެއްޓުމުގެ މަތިވެރި ނިޔަތާއެކު، ދީނީ، އިންސާނީ އަދި އިޖްތިމާއީ ރޮނގުން އިސްލާމީ އުއްމަތަށް މަންފާ ހޯދައިދިނުމަށް މަސައްކަތްކުރުމުގެ މާތް މަގްސަދުގައި އަޅުގަނޑުމެން ޖަމްއިއްޔާއެއް އުފައްދައި، މި ޖަމްއިއްޔާއަށް 'މަންފާ' ގެ ނަމުން ނަންދީ ރަޖިސްޓްރީ ކުރިކަމުގެ އުފާވެރި ހަބަރު ތިޔަ ލޮބުވެތި އަހުންނާ އުހުތުންނަށް އަރުވަން،" އަލީ ރަމީޒު ބުނެފައިވެ އެވެ.

ދީން ކުރިއެރުވުމުގެ މަގްސަދުގައި 2006 ވަނަ އަހަރު އުފެއްދި ސަލަފް ޖަމިއްޔާއިން އަލީ ރަމީޒު ވަކިވި ސަބަބެއް އޭނާ ހާމައެއް ނުކުރެ އެވެ. އަލީ ރަމީޒަކީ ސަލަފް ޖަމިއްޔާގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެ، އެ ޖަމިއްޔާ ކުރި އެރުވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރި އެކަކެވެ.

ޖަމިއްޔާގައި ހަރަކާތްތެރިވުމުގެ އިތުރުން، ރޭޑިއޯ، ޓީވީ ޕްރޮގްރާމް ވެސް އަލީ ރަމީޒު އުފައްދަ އެވެ. މުޅިން ވެސް ހަދަނީ ދީނީ ޕްރޮގްރާމްތަކެވެ. އަދި އޭނާއަކީ ސޯޝަލް މީޑިއާގައި ވެސް ރާއްޖޭގައި އެންމެ މަޝްހޫރު އެއް ޝަހުސިއްޔަތެވެ.

އަލީ ރަމީޒު، 53، އަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ އެވެ. އޭނާ ލަވަކިޔުން ހުއްޓާލައި އެކަން އިއުލާނު ކުރީ މީގެ 22 އަހަރު ކުރިން 2003 ވަނަ އަހަރެވެ. ލަވަކިޔަން ފެށީ 1993 ވަނަ އަހަރެވެ. ލަވަކިޔުމުގެ އިންޑަސްޓްރީއަށް ވަދެވުނީތީ ހިތާމަ ކުރާ ކަމަށް ލަވަ ކިޔުން ހުއްޓާލުމަށްފަހު އޭނާ ބުނެފައިވެ އެވެ.

72.73%

0.00%

9.09%

18.18%

މި ލިޔުން ކިޔާލުމުން


ސަމާ

about 1 month ago

ސަލަފުގަ އަލީ ބޭނުންވާ ވަރަށް ބޮޑު ކަން ނުދެއްކިގެން ވަކިވާން ޖެހުނީ. ބޭނުންވަނީ ހުރިހާ ޝެއިޚުންވެސް މީނަގެ ދަށުގަ ބައިތިއްބަން. އެއްވެސް މީހަކު ފެށުން ތަނެއް ހަނދާނެއް ނުހުރޭ. އައްޔަ ސަލަފުން ވަކިވުމަކީ ސަލަފަށް ހެވަކަށް ވީކަމެއް.