21 ޑިސެންބަރު 2024 - 03:59 9
ލީވާން އަލީ ނާސިރު
21 ޑިސެންބަރު 2024 - 03:59 9
ގެދޮރުވެރިޔާ ސްކީމުގެ ފްލެޓު ލިސްޓު އަލުން އިއުލާނު ކުރާއިރު، ފްލެޓު ކަށަވަރުކޮށް ދޭނެ ކަމަށް ބުނެ ފައިސާ ނަގަމުންދާކަން އެނގިއްޖެ އެވެ.
މި ޖަރީމާގެ އަޑީގައި ތިބީ ހުޅުމާލޭން ގޯއްޗާއި ބިމާއި ވިނަރެސް ފްލެޓުތައް ވިއްކުމުގައި ވެސް އުޅޭ މީހުންނެވެ.
އެ މައުލޫމާތު އެނގޭ މީހަކު "އަދަދު" ނޫހަށް ކިޔައިދިން ގޮތުގައި، މިހާރު ނިމިފައިވާ ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތަކާއި އެ ސްކީމުގެ ދަށުން އިމާރާތް ކުރުން މިހާރު ވެސް ކުރިއަށްދާ ފްލެޓުތައް ލިބޭ 4000 މީހުންގެ އާ ލިސްޓެއް އިއުލާނު ކުރާނެ އެވެ.
"އެ ލިސްޓުގައި ނަން ހިމެނުމަށް ހަމައެކަނި ޝަރުތަކީ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ހުށަހަޅާފައިވުން. ފްލެޓު ކަށަވަރުކުރަން ފުރަތަމަ ދޭންޖެހެނީ 35،000ރ.،" އަދަދު ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
ހުޅުމާލޭ ފޭސް 2 ގައި ތަރައްގީކުރާ 3 ކޮޓަރީގެ އެ ފްލެޓުތަކަށް 20،697 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވެ އެވެ. އެ ސްކީމުގެ ފުރަތަމަ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ކުރީގެ ސަރުކާރުން ގެޒެޓުކުރި އެވެ. ނަމަވެސް އެއް އަހަރަށް ވުރެ ގިނަ ދުވަސް ވޭތުވެދިޔަ ދިޔައިރު އެ ފްލެޓުތައް ހަވާލު ނުކޮށް ހިފަހައްޓާފައި ވަނީ ލިސްޓުގައި މައްސަލަތައް އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ 4000 ފްލެޓު ވިއްކަމުންދާ ކަމަށް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް އެކްސްގައި ވިދާޅުވެފައިވެ އެވެ.
"ކުރީގެ ސަރުކާރުން ދޫކުރަން ނިންމަފައިވާ 4000 ފުލެޓްގެ ތެރެއިން ގިނަ ފުލެޓްތަކެއް 50،000 ގެ ރޭޓުން އެޑްވާންސްއަށް 20،000 ނަގާފައި، ފުލެޓް ލިސްޓު ނެރުނީމަ ބާކީ 30،000 ދޭ ގޮތަށް ފުލެޓް ކޮމެޓިގައި ތިއްބެވި ބޭފުޅުން ފުލެޓްތައް ބަދަލު ކުރަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ވާހަކަ ތަކުރާރުކޮށް ވެރިންނަށް ދަންނަވައިފި ކަމަށާއި ނަމަވެސް ދެއްވީ ބީރު ކަންފަތެއް ކަމަށް އައްބާސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިހާރު ނިންމަމުންދާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކޮށް، މި އަހަރު ނިމުމުގެ ކުރިން އެ ފްލެޓްތައް ހަވާލުކޮށް ނިންމާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެފައި ވިޔަސް، މިހާރު ވަނީ މުއްދަތެއް ނެތް ގޮތަށް އެކަން ފަސްކޮށްފަ އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތަކުން ނުވިކި ހުރި 100 އަށް ވުރެ ގިނަ ފްލެޓު، އާންމުކޮށް ހުޅުވާ ނުލައި، ސިޔާސީ ގޮތުން ބާރުގަދަ ފަރާތްތަކާއި، ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައިގެން ވިއްކަމުންދާ ކަމަށް ވަނީ އެނގިފަ އެވެ.
0.00%
20.00%
80.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އަބުދުއްލޯ
3 months ago
ދުވަހަކު މާލެ ނާއް ނަ މީހުނަ ނައެްވެސް ތހިތަނުމް ފުލެތް ގޮތި ދިފަ ހުރި ސޯލިހު ކިޠާމީހަކު ވެރިކަމުގާހުރެގެން
ވޯލް
3 months ago
ފައިސާ ނަގާ މީހުންނާ ހަމަ އެއްވަރަކަށް ފައިސާދޭ މީހުންވެސް މިކަމުގައި ޝާމިލުވޭ. ދައުވާ ކުރަންޖެހޭ ވަގަށް މުދާ ހޯދަން އުޅޭ މީހުންނަަށްވެސް. މިހާރު ދިވެހިން ނަމެއްގައި މުސްލިމުން، ތިމާ ރިޝްވަތުދީ ގެން ހޯދާ ފުލެޓް ބިމުގައި އުޅޭއިރު ބިރެއް ނުގަނޭ. ވަގަށް ފުލެޓް ބިން ހޯދާފައި ދެންގޮސް އުމުރާ ކުރިއަށް އެކުރު ކަމެއްގެ ސާފު ފައިދާއެއް ނުލިބޭނެ. އަޅުކަން އަދާކުރުމުގައި ތިމާ ލައިގެން ހުންނަ ހެދުންވެސް ވާންޖެހޭ ހަލާލުމަގުން ހޯދާފަހުންނަ ތަކެއްޗަށް.
ހަސަންދީ(ލ)
3 months ago
ޝެއިޙް ޒައިދު ކައިރީ މިވާހަކަ ބުނާއިރަށް ޖަވާބުގަ ބުނާނެ ތީ ހަގީގަތެއް ނެތް ތުހުމަތުތަކެކޭ!؟ މިހާރު ޓުވިޓަރަށް ނުވަންނާތީ ވަރަށް ނޭނގޭ ވާނުވާ!
ޢަބްދުު
3 months ago
އެހެންވެ ދޯ ލިސްޓް ނެރުން މިލަސްވަނީ، އަދި ލާރި ލިބެންޖެހޭ ވަރައް ނުލިބޭތީ
ހަސަންދީ(ލ)
3 months ago
ތީ ސިޓީކައުންސިލް ދައުރުގަވެސް ޖެހި ސަކަރާތް، 25000 ނުވަތަ 35000 ދިނީމާ ކޮންމެތާކުންވިޔަސް ކާރު ޕަކިންޒޯނެއް ދޭ. މިވަރުން ދަންޏާ ދައުރު ދެބައިވާއިރު މި ގައުމުގެ ތޮށިގަނޑު އެކަނި އޮންނާނީ!
ޖަރީމާ ހިންގި ކަން ޔަގީންވާ ގޮނޑި އެއް ދައްކާފަ އައީ؟ މިހާރު އެމީހާވެސް ގަބޫލް ނުކުރޭ؟
3 months ago
އެ ގްރޫޕަށް ވެރިކަން ހަވާލުކޮށްފަ އެވާހަކަ ނުދައްކަމާ.
އިސްމާލު2.0
3 months ago
ތިޔަ ކަޓުނެގުމުގެ ޖަރީމާ ހިޔެއްނުވޭ ލޯންޑަރިންގެ ހުރިހާ ސިފައެއް ޖައްސާފައި، މުޅިން ލެޖިޓިމެޓް ފައިސާކަމަށް ދައްކަން މަސައްކަތް ކޮށްފައިވާހެނެއް. ކަޓު ނެގި މީހުންނާއި އެމީހުންގެ ވިޔަފާރިތަކާއި ގުޅުން އޮތް ފަރާތްތަކުގެ ބޭންކް ސްޓޭޓުމަންޓްތައް ބަލައި، ލެޔަރކުރަން އަދި އިންޓަގްރެޓްކުރަން ކޮށްފައިވާ މަސައްކަތް ފެނިދާނެ. އެކަމަކު، ބޮޑަށް ބެލެވޭގޮތުން ނަގުދުފައިސާ ބޮޑަށް ރޯލްކޮށްފައި ހުންނާނީ. މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ދިނީ ނަގުދު ފައިސާ.
އަލީ މަނިކު އިބްރާހިމް
3 months ago
މިހާރު މިއޮތީ ރާއްޖޭގެ ވައްކަމުގެ ފިކުރުގެ ސަރުކާރެއް. އެންމެ ބޮޑުވައްކަން ހިނގީ މިމީހުންގެ ސަރުކާރުގައި. އޭރުވެސް މިމީހުން ވެރިމީހާ ދިފާއުކުރި. ދެން ވެންޓިލޭޓަރު ވައްކަން އެމްޑީޕީ ވެރިކަމުގައި ހިނގިއިރު މިނިސްޓްރީގައި ހުރި އަމީނަކީ އެމްޑިޕީ މީހެއް ނޫން. ފިކުރަކީ ޕީޕީއެމް. މިހާރު އަޑުމިއިވޭ ހަކުރު ވަގަށް ވިއްކުމާ، އެންސްޕާއިން ޓީވީ ކުލިދެއްކުމާއި، ވަގަށް ގޯއްޗާއި ފުލެޓް މިކަންކަމުގެ އަޑީގައިވެސް މިތިބެނީ މިފިކުރު.
ޙަސަން
3 months ago
ޙައުސިންގައުޅޭ ޖަމްބެތީއެކަކު
Comment