Advertisement

ހުޅުމާލޭގައި ޕިކަޕެއް ދަށުވެ މީހަކު މަރުވެއްޖެ

16 ފެބުރުވަރީ 2026 - 11:20 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ހުޅުމާލޭގައި ޕިކަޕެއް ދަށުވެ މީހަކު މަރުވެއްޖެ

16 ފެބުރުވަރީ 2026 - 11:20 0

ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއް ދަށުވެ މީހަކު އިއްޔެ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ ޕިކަޕުގެ މަސައްކަތް ކުރުމަށް އެ ޕިކަޕުގެ ދަށުގައި އޮއްވާ، ޕިކަޕް ގައިމައްޗަށް ވެއްޓިގެން ކަމަށެވެ.

"ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތް ކުރުމަށް އެ ޕިކަޕް ދަށުގައި އޮތް މީހެއްގެ ގައިމައްޗަށް ވެއްތިފައިވާކަމުގެ މައުލޫމާތު 15 ފެބްރުއަރީ 2026 ގެ 11:05 ހާއިރު ފުލުހުންނަށް ލިބިފައިވޭ،" އެ މުއައްސަސާއިން ބުންޏެވެ.

މި ހާދިސާގައި މަރުވީ ސ. ހިތަދޫ، މެޑޯޒް، މުހައްމަދު މަނިކު އެވެ. އޭނާގެ ޖަނާޒާ އޮތީ އިއްޔެ އިޝާ ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.