ގުރުއާން މުބާރާތުގެ ކާމިޔާބީ ފާހަގަކުރަން ކުޑަރިކިލު ކައުންސިލަށް ސްކޫލު ހޯލު ދިނީ ދަރިވަރުންނާއި ޓީޗަރުން ނުގެނެވޭ ގޮތަށް

5 ޑިސެންބަރު 2024 - 07:03 2

ލީވާން އަލީ ނާސިރު

ލ


ގުރުއާން މުބާރާތުގެ ކާމިޔާބީ ފާހަގަކުރަން ކުޑަރިކިލު ކައުންސިލަށް ސްކޫލު ހޯލު ދިނީ ދަރިވަރުންނާއި ޓީޗަރުން ނުގެނެވޭ ގޮތަށް

5 ޑިސެންބަރު 2024 - 07:03 2

ބ. އަތޮޅު ގުރުއާން މުބާރާތް 1446 ގައި ބ. ކުޑަރިކިލުގެ ދަރިވަރުން ހޯދި ކާމިޔާބީ މިދިޔަ ހުކުރު ދުވަހު ކުޑަރިކިލު ސްކޫލުގައި ފާހަގަ ކުރަން އެ ރަށު ކައުންސިލުން އުޅުމުން އެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެއްބާރުލުން ނުދީ ހުރަސް އަޅައިފި އެވެ.

ކުޑަރިކިލު ކައުންސިލް ރައީސް އަބްދުލް ހަންނާން އައްބާސް "އަދަދު" އަށް ވިދާޅުވީ ކުޑަރިކިލު ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރަން އެ ރަށު ސްކޫލުގެ ހޯލު ހޯދަން އެދުމުން އެ ތަން އެޑިއުކޭޝަނުން ހަމަޖެއްސީ ދަރިވަރުންނާއި ސްކޫލުގެ މުވައްޒަފުންނަށް އެ ތަނުގައި ބާއްވާ ހަފްލާގައި ބައިވެރި ނުވެވޭ ގޮތަށް ކަމަށެވެ.

"މިނިސްޓްރީން އަޅުގަނޑުމެންނަށް ދިން ޖަވާބުގައި ބުނީ ސްކޫލުގެ ހޯލު ދީފީމޭ، އެހެން ނަމަވެސް އެ އިވެންޓުގައި ސްކޫލުގެ އެއްވެސް ދަރިވަރަކު އަދި މުވައްޒަފަކު ބައިވެރި ކޮށްގެން ނުވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އަބްދުލް ހަންނާން ވިދާޅުވީ ހުކުރު ދުވަހު ހަފްލާ ބާއްވަން ބޭނުންވާތީ އެ ހަފްލާ އެ ދުވަހު ކައުންސިލުގެ އިމާރާތެއް ކަމަށްވާ އެ ރަށު ޕްރީ ސްކޫލުގައި ބާއްވާފައިވާ ކަމަށެވެ. އެގޮތުން އެ ހަފްލާގައި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ވެސް ބައިވެރިވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން ފުރަަތަމަ ކައުންސިލުން މަސައްކަތް ކުރީ ސްކޫލަށް ސިޓީއެއް ފޮނުވައިގެން ހޯލް ހޯދަން ކަމަށާއި އެކަމަކު ސްކޫލުން އެކަން ހަމަ ނުޖެހުމުން އެޑިއުކޭޝަން މެދުވެރިކޮށް ހޯލު ހަމަޖައްސަން އުޅުމުން ދަރިވަރުންނާއި މުވައްޒަފުންނަށް ބައިވެރި ނުވެވޭ ގޮތަށް ނިންމުމަކީ ދެރަ ކަމެއް ކަމަށް އަބްދުލްހަންނާން ވިދާޅުވި އެވެ.

އަބްދުލްހަންނާން ވިދާޅުވީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ސްކޫލުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވާން ފުރުސަތު ނުދޭން އެޑިއުކޭޝަނުން ނިންމީ، ހުކުރު ދުވަހު ސްކޫލުގެ އެއްވެސް ހަރަކާތެއްގައި ދަރިވަރުންނާއި މުވައްޒަފުން ބައި ނުވާ ގޮތަށް ނިންމާފައިވާތީ ކަމަށް ބުނެފައިވާ ކަމަށެވެ.

ގުރުއާން މުބާރާތުގައި ކުޑަރިކިލުން ބަލައިގެން ކިޔުމުގެ ބައިން ދެވަނަ ހޯދިއިރު، މުބާރާތުގައި ސްކޫލުގެ އަށް ދަރިވަރަކު ވަނަތައް ހާސިލު ކުރި އެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


މުލޭ

4 months ago

ދަރިވަރުންނާއި މުވައްޒިފުން ބައިވެރި ނުކުރަން ބުނި ސަބަބު ސާފުކޮށްދިނީމަ ވެސް ތިޔައޮތީ ފިތުނައެއް އުފައްދާފައި. ސާބަހޭ. ތިޔައީ ނޫސްވެރިކަމަކީ.

ޑޮޓް

4 months ago

އަޅުގަނޑަށް ހީވަނީ އިވެންޓް ތައްޔާރު ކުރުމުގައި ކުދިންނާއި ޓީޗަރުން ބައިވެރި ނުކުރަން ބުނީހެން ހީވަނީ. އެއީ އެކުދިންނާއި ޓީޗަރުންގެ ބުރަމަސައްކަތުން ހޯދީ ކާމިޔާބީ ފާހަގަކުރަން ވެސް އެމީހުން މަސައްކަތް ކުރުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީ.. އައި ޑޯންޓް ނޯ.. ބަޓް މި ކިޔާލީމަ ހީވަނީ އެހެން ހެން... މަރުހަބާ ކާމިޔާބު ކުރި ކުދިންނާއި ޓީޗަރުންނަށް.