Advertisement

ކުޑަރިކިލުގައި ފުޓްސަލް ދަނޑެއް އޮއްވައި ފުޓްސަލް ދަނޑެއް އަޅަން ކުރި އިއުލާނު ބާތިލްކޮށްފި

12 އޮގަސްޓު 2025 - 18:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބ. ކުޑަރިކިލުގައި ކުރީ ސަރުކާރުން އަޅާފައި އޮތް ފުޓްސަލް ދަނޑު.


ކުޑަރިކިލުގައި ފުޓްސަލް ދަނޑެއް އޮއްވައި ފުޓްސަލް ދަނޑެއް އަޅަން ކުރި އިއުލާނު ބާތިލްކޮށްފި

12 އޮގަސްޓު 2025 - 18:45 0

ބ. އަތޮޅު ކުޑަރިކިލުގައި ފުޓްސަލް ދަނޑެއް އޮތްކަން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ނޭނގި، އެ ރަށުގައި ފުޓްސަލް ދަނޑެއް އަޅަން ކުރި އިއުލާނު ބާތިލްކޮށްފި އެވެ.

ރައީސް މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރަށް އަމާޒުކޮށް، ކުޑަރިކިލުގައި ފުޓްސަލް ދަނޑެއް އަޅަން، ސްޕޯޓްސް މިނިސްޓްރީން މި ހިނގާ އޮގަސްޓު 7، ގައި ކުރި އިއުލާނު ބާތިލްކުރީ އިއްޔެ މުއިއްޒު އެ ރަށަށް ވަޑައިގެންނެވި ފަހުންނެވެ.

މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރު އިއްޔެ ފެއްޓެވިއިރު، ބ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރަން އިއުލާނުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކުޑަރިކިލުގައި ފުޓްސަލް ދަނޑެއް އެޅުން ހިމަނާފައި ވާއިރު، އެ ރަށުގައި 2020 ވަނަ އަހަރު އޭރު އޮތް ސަރުކާރުން ފުޓްސަލް ދަނޑެއް ހަދާފައި އޮވެ އެވެ.

ބާތިލްކުރި އެ އިއުލާނުގައި ވަނީ ކުޑަރިކިލު ފުޓްސަލް ދަނޑުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓު 14، ނިޔަލަށް ރަޖިސްޓްރީކުރުމަށެވެ. ބީލަމާ ގުޅޭ މައުލޫމާތު ދިނުން އޮގަސްޓު 17، އަށް ތާވަލުކޮށް، ބީލަން ހުށަހަޅަން ޖެހޭ ތާރީހަކަށް ކަނޑައަޅާފައި އޮތީ އޮގަސްޓު 27، އެވެ.

އެ އިއުލާނު ބާތިލުކުރިކަން އެންގުމަށް އިއްޔެ ގެޒެޓުގައި ކޮށްފައިވާ އިއުލާނުގައި ސަބަބެއް ކަމަށް ބުނެފައި ވަނީ މަޝްރޫއުގެ ސްކޯޕަށް ބަދަލު ގެނައުމެވެ. ހަފުތާއެއް ވެސް ނުވަނީ ސްކޯޕަށް ބަދަލު ގެނައީ ކީއްވެގެންކަން ހާމައެއް ނުކުރެ އެވެ.

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލް ހަންނާން އައްބާސް ވިދާޅުވީ ރައީސް މުއިއްޒު އަށް އަދި ސަރުކާރުގެ ޓީމަށް އެ ރަށުގައި، ސަރުކާރުން އަޅާފައި އޮތް ފުޓްސަލް ދަނޑެއް އޮތްކަން އެނގުނީ، އިއްޔެގެ ބައްދަލުވުމުގައި އެ ވާހަކަ ބުނުމުން ކަމަށެވެ.

"އަޅުގަނޑުމެން ބުނިން މި ސަރުކާރުގެ ފުޓުސަލް ދަނޑު، ހޭންޑުބޯލް ކޯޓަކަށް ބަދަލުކޮށްދޭން،" ހަންނާން ވިދާޅުވި އެވެ.

ހަންނާނު ވިދާޅުވީ ފުޓްސަލް ދަނޑު އަޅަން ސަރުކާރުން އިއުލާނު ކުރުމުގެ ކުރިން އެފަދަ މަޝްރޫއުއެއް އޮތްކަން ވެސް ކައުންސިލަށް އަންގާފައި ނެތް ކަމަށާއި، އެފަދަ މަޝްވަރާއެއް ވެސް ކޮށްފައި ނެތް ކަމަށެވެ.

ނަމަވެސް، ރައީސް މުއިއްޒު ވިދާޅުވަނީ އެ މަނިކުފާނު ބޭނުންވަނީ ރައްޔިތުންނާ ގާތުން އަދި ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ވެރިކަން ކުރެއްވުމަށް ކަމަށެވެ.