Advertisement

އިޒްރޭލު ބަލިކޮށް ކާމިޔާބު ހޯދުނުކަން ހިޒްބުﷲ އިން އިއުލާންކޮށްފި

30 ނޮވެންބަރު 2024 - 10:39 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހިޒްބުﷲ ގެ ލީޑަރު ނާއިމް ގާސިމް: އިޒްރޭލު ބަލިކޮށް ކާމިޔާބު ހޯދުނުކަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ: ރޮއިޓާސް


އިޒްރޭލު ބަލިކޮށް ކާމިޔާބު ހޯދުނުކަން ހިޒްބުﷲ އިން އިއުލާންކޮށްފި

30 ނޮވެންބަރު 2024 - 10:39 0

ލުބްނާނަށް ދެމުން އަންނަ ހަމަލާތައް އިޒްރޭލުން ހުއްޓާލުމުން ކާމިޔާބު ހޯދުނުކަން ހިޒްބުﷲ އިން އިއުލާންކޮށްފި އެވެ.

ހިޒްބުﷲގެ އާ ލީޑަރު އަދި ސެކްރެޓަރީ ޖެނެރަލް ނާއިމް ގާސިމް ރޭ ވިދާޅުވީ ހިޒްބުﷲ އަށް ލިބުނު ކާމިޔާބީއަކީ 2006 ގައި އެ ޖަމާއަތަށް ލިބުނު ވަރަށް ވުރެ ބޮޑު ކާމިޔާބެއް ކަމަށެވެ.

"އަހަރުމެން މޮޅުވީ އިޒްރޭލަށް ހިޒްބުﷲ އެއްކޮށް ނައްތާލަން ފުރުސަތު ނުދިނުމުން. މި ކާމިޔާބީ 2006 ގައި ލިބުނު ކާމިޔާބީއަށްވުރެ ބޮޑު،" ގާސިމް ވިދާޅުވި އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 60 ދުވަސް ތެރޭގައި ލުބްނާނުގައި ތިބި އިޒްރޭލު ސިފައިން އެ ގައުމުން ބޭލުމަށް ވަނީ ހަމަޖެހިފަ އެވެ.

ނަމަވެސް ލުބްނާނުގެ އާންމުންނަށް ވަކި މުއްދަތެއް ވަންދެން ބައެއް ވިލެޖުތަކަށް ނުދެވޭނެ ކަމަށް އިޒްރޭލުން ވަނީ އަންގައިފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7، އިން ފެށިގެން އިޒްރޭލުން ލުބްނާނަށް ދެމުން އަންނަ ހަމަލާތަކުގައި 3،961 މީހުން މަރުވެފައިވާއިރު، 16،520 މީހުން ވަނީ ޒަހަމްވެފަ އެވެ.