Advertisement

ޝާފިޔާ އިންސްޓިޓިއުޓުން ހިންގާ ނާސިން ކޯހާ ބެހޭ މައުލޫމާތު ދޭން މާދަމާ އޯޕަން ޑޭއެއް ބާއްވަނީ

22 ނޮވެންބަރު 2024 - 20:58 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޝާފިޔާ އިންސްޓިޓިއުޓުން ހިންގާ ނާސިން ކޯހާ ބެހޭ މައުލޫމާތު ދޭން މާދަމާ އޯޕަން ޑޭއެއް ބާއްވަނީ

22 ނޮވެންބަރު 2024 - 20:58 0

އޭޑީކޭ ހޮސްޕިޓަލުން ހިންގާ ޝާފިޔާ އިންސްޓިޓިއުޓުން ހުޅުވާލާފައިވާ ނާސިން ސްޕެޝަލްޓީ ކޯހާ ބެހޭ މައުލޫމާތު ދިނުމަށް މާދަމާ އޯޕަން ޑޭއެއް ބާއްވަން ހަމަޖެއްހިއްޖެ އެވެ.

ޝާފިޔާ އިންސްޓިޓިއުޓުން އެ އޯޕަން ޑޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހެނދުނު 09:00 އިން ފެށިގެން ހަވީރު 04:00 ޖެހުމާ ހަމައަށް އޭޑީކޭ ހޮސްޕިޓަލުގެ ޑީ ބްލޮކްގެ ހަ ވަނަ ފަންގިފިލާގަ އެވެ.

އެ އިންސްޓިޓިއުޓުން ނާސިން ސްޕެޝަލްޓީއަށް ފުރުސަތު ހުޅުވާލީ ކާޑިއޯވެސްކިއުލާ ނާސިން އަދި ނިއުރޯސައިންސް ނާސިން ކޯހަށެވެ.

ޖެނުއަރީގައި ފަށާ، އެމްއެންކިއުއެފް ލެވެލް 6 ލެވެލްގެ މި ދެ ކޯހަކީ ކްލާހަށް ހާޒިރުވާން ޖެހޭ ގޮތަށް، އެއް އަހަރުގެ މުއްދަތަކަށް ހިންގާ ކޯސްތަކެކެވެ.

ކޯހާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ޝާފިއާ އިންސްޓިޓިއުޓްގެ 3300111 ނަންބަރަށް ގުޅުމަށް އެ އިންސްޓިޓިއުޓުން ވަނީ އެދިފަ އެވެ.

ޝާފިޔާ އިންސްޓިޓިއުޓުން އެޑްވާންސް ލައިފް ސަޕޯޓް ކޯހާއި، އެމަޖެންސީ މެޑިކަލް ޓެކްނީޝަން ކޯސްތައް އަދި އިމަޖެންސީ އޮބްސްޓްރެކްޓް ރެސްޕޮންސް ކޯސްތައް ހިންގަ އެވެ.

އެތަނުން ހަދާ ކޯސްތަކުގެ ފަންނީ ތަޖުރިބާ ލިބިގަތުމަށް އޭޑީކޭ ހޮސްޕިޓަލުން ފުރުސަތު ދެ އެވެ. އަދި ކޯސްތައް ނިންމާ ދަރިވަރުންނަށް ހޮސްޕިޓަލުގައި މަސައްކަތް ކުރަން ވެސް އަންނަނީ ފުރުސަތު ދެމުންނެވެ.