about 4 hours 0
ލީވާން އަލީ ނާސިރު
އިންޑިއާގެ ބިލިއަނަރު ގޮތަމް އަދާނީ: އެމެރިކާގެ ޕްރޮސެކިއުޓަރުން ވަނީ އޭނާގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައި -- ފޮޓޯ: ރޮއިޓާސް
about 4 hours 0
އިންޑިއާގެ ބިލިއަނަރު ގޮތަމް އަދާނީ 250 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް އެމެރިކާގެ ޕްރޮސެކިއުޓަރުން އުފުލައިފި އެވެ.
ޕްރޮސެކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި އަަދާނީގެ ކުންފުނި އަދާނީ ގްރޫޕުން ވަނީ އިންޑިއާ ސަރުކާރުގެ އޮފިޝަލުން ހިމެނޭ ގޮތަށް ސޯލާ އެނާޖީގެ އެއްބަސްވުންތަކެއް ހޯދުމަށް 250 މިލިއަނެއްހާ ޑޮލަރު ރިޝްވަތުގެ ގޮތުގައި ދިނުމަށްފަހު ހޯދާފަ އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) ބުނީ އެ އެއްބަސްވުންތަކުން ފައިދާގެ ގޮތުގައި 20 އަހަރު ތެރޭގައި ދެ ބިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދުމުގެ ފުރުސަތު އޮތް ކަމަށެވެ.
ރިޝްވަތު ދިނުމުގެ އަމަލުގައި އަދާނީގެ އިތުރު އެ ކުންފުނީގައި ހަރަކާތްތެރިވާ އިތުރު ހަތް މީހަކަށް ވެސް ތުހުމަތު ކުރެވިގެން އެމީހުންގެ މައްޗަށް ވެސް ދައުވާ އުފުލާފައިވާއިރު، އޭގެ ތެރޭގައި އަދާނީގެ އާއިލާ މިހުން ވެސް ހިމެނެ އެވެ.
ޕްރޮސެކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި އަދާނީ އާއި އޭނާގެ ބައިވެރިން އިންޑިއާ ސަރުކާރުގެ އޮފިޝަލުންނަށް ރިޝްވަތު ދޭން ވައުދުވީ ދެ އަހަރު ދުވަހުގެ ތެރޭގައި ޓެކްސްއަށް ދެ ބިލިއަން ޑޮލަރު ލިބޭނެކަމަށް އަންދާޒާ ކުރުމަށްފަހު، އޭގެ ބަދަލުގެ ގޮތުގަ އެވެ.
އެގޮތުން އެ މީހުންގެ މަގުސަދު ހާސިލު ކުރުމަށް އިންވެސްޓަރުންނާއި ބޭންކުތަކަށް އޮޅުވާލައި، ކަމާބެހޭ ފަރާތްތަކަށް ސްކީމް ފޮރުވަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެ އެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދާނީގެ އިތުރުން ރިޝްވަތު ދިނުމުގައި ބައިވެރިވި ހަތް މީހުންގެ ތެރެއިން އެކަކު ވެސް ހައްޔަރުކޮށްފައެއް ނުވެ އެވެ.
އަދާނީއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ.
Comment