about 6 hours 0
ލީވާން އަލީ ނާސިރު
about 6 hours 0
މިދިޔަ ސެޕްޓެމްބަރު މަހު އޮލިމްޕަސްގައި އެޅުވި "ރޮބޯމޭން - ދަ މޫވީ" ނޮވެމްބަރު 21، ވާ ބުރާސްފަތި ދުވަހު މީޑިއާނެޓުގެ ވީޑިއޯ ކްލަބަށް ރިލީޒް ކުރުމަށް ތައްޔާރުވެއްޖެ އެވެ.
އެ ފިލްމަށް ކުދިބޮޑު އެންމެންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން ވަނީ އޮލިމްޕަހަށް ފިލްމު ބެލުމަށް ދިޔަ އެވެ.
"ރޮބޯމޭން – ދަ މޫވީ" ފިލްމަކީ ދިވެހިންގެ މެދުގައި މަގްބޫލު ކެރެކްޓާއެއްގެ މައްޗައް އުފައްދާ އެންމެ ފުރިހަމަ މޮޅު އެއް ފިލްމެވެ.
މީޑިއާނެޓުގެ އެމް އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކޮށްފައިވާ އެ ފިލްމަކީ އޯރކޭޒް އިންކް އަދި މީޑިއާނެޓުގެ ވީޑިއޯކްލަބްގެ އުފެއްދުމެކެވެ.
ހިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އެ ފިލްމުގައި ރޮބޯމޭންގެ އިތުރުން އައްޒަ އަދި ރަވީ ފަދަ ފިލްމު އިންޑަސްޓްރީގައި ނަންވިދާލާ ތަރިން އަދި އޮޑިޝަންތަކަކަށްފަހު ފިލްމުގައި އެކްޓުކުރުމުގެ ފުރުސަތު ލިބުނު ހުނަރުވެރި ޗައިލްޑް އާރޓިސްޓުން ކަމުގައިވާ އަމީލިއާ އަދި މިޝާ ފެނިގެންދެ އެވެ.
މީޑިއާނެޓުގެ އެމްޓީވީ، އެމްއެސް ޓީވީ އަދި އެމްއެސް ލައިޓް ހިދުމަތް މެދުވެރިކޮށް ޓީވީއިން ވީޑިއޯކްލަބުގައި ހިމެނޭ ކޮންޓެންޓް ބެލޭނެއެވެ އަދި އެމް އެސް ޑިޖިޓަލް ހިދުމަތް މެދުވެރިކޮށް މޯބައިލް ޑިވައިސްތަކުން ވީޑިއޯކްލަބުގައި ހިމެނޭ ކޮންޓެންޓް ބެލެ އެވެ.
Comment