about 3 hours 0
ލީވާން އަލީ ނާސިރު
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އޭދަފުށި ފްލެޓު އެއްބަސްވުމުގައި ސޮއިކުރައްވަނީ: މި މަސައްކަތް ހަވާލުކުރީ ޗައިނާގެ ސިނޯހައިޑްރޯ ކުންފުންޏާ - ފޮޓޯ: ރައީސް އޮފީސް
about 3 hours 0
މިދިޔަ މޭއި މަހު ސޮއިކުރި އެމްއޯޔޫގެ ދަށުން ބ. އޭދަފުށީގައި 1،000 ހައުސިން ޔުނިޓް އަޅަން ޗައިނާގެ ސިނޯހައިޑްރޯ ކޯޕަރޭޝަންނާ އެކު އެ މަޝްރޫއުގެ އެގްރީމަންޓުގައި މިއަދު ސޮއިކޮށްފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެގްރީމަންޓުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ. އަދި ސިނޯހައިޑްރޯ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖާ ޕޭން ގުއާންޒޯ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މުއްތަލިބު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން އޭދަފުށީގައި 15 ބުރީގެ 12 ޓަވަރު އަޅާނެ ކަމަށާއި އެގޮތަށް ނިންމީ އެ ރަށަށް ބިން އިތުރު ކުރެވެން ނެތުމުން އެންމެ ރަނގަޅު ގޮތުގައި ބިން ބޭނުން ކުރުމަށް ކަމަށެވެ.
މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ 336 ފްލެޓާއި ދެ ކޮޓަރީގެ 772 ފްލެޓް އެޅުމަށް ނިންމާފައިވާ ކަމަށް މުއްތަލިބު ފާހަގަ ކުރެއްވި އެވެ.
"އޭދަފުއްޓަކީ އާބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށަކަށްވާތީ، މި ރަށަކީ އާބާދީ އާއި ތަރައްގީ އެއްފަސް ނާރެހެކަށް ވެސް ވެގެންދާނެ ބ. އަތޮޅުގައި،" މުއްތަލިބު ވިދާޅުވި އެވެ.
މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ފައިސާ އަންނަ އަހަރު ތެރޭގައި ހަމަޖެހި މަސައްކަތް ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމަށް އައީ 70،000 ހައުސިން ޔުނިޓް ރާއްޖޭގެ އެކި ކަންކޮޅުގައި ބިނާކުރުމުގެ ބޮޑު ވައުދާ އެކުގަ އެވެ. އެގޮތުން ހައުސިން ޔުނިޓް އެޅުމަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
Comment