Advertisement

ގާޒާ-އިޒްރޭލު މަޝްވަރާ: މެދުވެރިއެއްގެ ރޯލު ގަތަރުން ދޫކޮށްލައިފި

10 ނޮވެންބަރު 2024 - 11:24 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްދުލްރަހްމާން ބިން ޖާސިމް އަލްތާނީ: ހަނގުރާމަ ހުއްޓާލުމުގެ ނިޔަތް އޮތް ނަމަ މެދުވެރިއެއްގެ ގޮތުގައި އަނބުރާ އަންނަން ގަތަރު އޮތީ ތައްޔާރަށް -- ފޮޓޯ: އޭޕީ


ގާޒާ-އިޒްރޭލު މަޝްވަރާ: މެދުވެރިއެއްގެ ރޯލު ގަތަރުން ދޫކޮށްލައިފި

10 ނޮވެންބަރު 2024 - 11:24 0

ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އިޒްރޭލާއި ހަމާސްއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިޔުމުގެ މެދުވެރިއެއްގެ ރޯލު ގަތަރުން ދޫކޮށްލައިފި އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މީގެ 10 ދުވަސް ކުރިން ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަކަށް ނާދެވޭނަމަ މެދުވެރިއެއްގެ ރޯލު ދޫކޮށްލާނެކަން އިޒްރޭލާއި ހަމާސްއަށް އަންގާފައިވާނެ ކަމަށެވެ. އަދި އަނބުރާ މެދުވެރިއެއްގެ ރޯލު އަދާކުރާނީ އިޒްރޭލާއި ހަމާސްއިން ވެސް ހަނގުރާމަ ހުއްޓާލުމުގެ ނިޔަތެއް އޮތް ކަމަށްވާ ނަމަ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7، އިން ފެށިގެން ގާޒާއަށް އިޒްރޭލުން މެދުކެނޑުމެއްނެތި ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އިޒްރޭލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލަން އެކި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އެކަމަކު އެއްވެސް އެއްބަސްވުމަކަށް ނާދެވެ އެވެ.

މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 43,552 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ގާޒާގައި އިޒްރޭލުން ހިންގާ ގަތުލްއާންމު ހުއްޓާލަން މެދުއިރުމަތީގެ ގައުމުތައް ހިމެނޭހެން ގިނަ ގައުމުތަކުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް މިހާތަނަށް ވެސް އެކަން ހުއްޓާލުމާ ގުޅޭ ގޮތުން އިޒްރޭލުން އެއްވެސް އެއްބަސްވުމަކަށް އައިސްފައެއް ނުވެ އެވެ.

އިޒްރޭލުން ހިންގާ ގަތުލްއާންމަށް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޖަރުމަނުން ދަނީ ވާގިވެރިވަމުންނެވެ. އެގޮތުން ޖަރުމަނާއި އެމެރިކާއިން އަންނަނީ އިޒްރޭލަށް ހަތިޔާރު ވެސް ފޯރުކޮށްދެމުންނެވެ.