2 ނޮވެންބަރު 2024 - 16:05 1
ލީވާން އަލީ ނާސިރު
ހޮސްޕިޓަލަކުން ބަޔަކު ނިކުންނަނީ: އެލައިޑް އަދި ސޮލަރެލްއިން ކޭޝްލެސް ހިދުމަތް ވަނީ މެދުކަނޑާލާފައި -- ފޮޓޯ: އަދަދު ފައިލް
2 ނޮވެންބަރު 2024 - 16:05 1
އާސަންދައިން ހިދުމަތް ދިނުމުގައި އަމިއްލަ އިންޝުއަރެންސް އޮތް މީހުންނަށް، އެ އިންޝުއަރެންސަށް އިސްކަން ދިނުމަށް ނިންމާފައިވާ ދަނޑިވަޅެއްގައި އެލައިޑް އިންޝުއަރަންސް އަދި ސޮލަރެލްސް އިންޝުއަރެންސްއިން ކޭޝްލެސް ހިދުމަތް މެދުކަނޑާލައިފި އެވެ.
ކޭޝްލެސް ހިދުމަތް މެދުކަނޑާލުމާ އެކު އެލައިޑް އަދި ސޮލަރެލްއިން ހިދުމަތް ހޯދާ ފަރާތްތަކުން ދެން ޖެހޭނީ ޑޮކްޓަރަށް ދައްކާއިރު އަމިއްލަ ޖީބު ފައިސާ ދެއްކުމަށްފަހު، އެ ފައިސާ އަނބުރާ ހޯދުމަށް އިންޝުއަރެންސް ކުންފުންޏަށް ހުށަހަޅާށެވެ.
އެލައިޑާއި ސޮލަރެލްއިން ވަނީ އެ ކުންފުނިން ދޭ ކޭޝްލެސްގެ ހިދުމަތް ހުއްޓާލިކަން ކަސްޓަމަރުންގެ އިތުރުން ސިއްހީ ހިދުމަތް ދޭ ފަރާތްތަކަށް އިއްޔެ އަންގާފަ އެވެ.
އާސަންދައިން މިހާރު ނިންމާފައިވާ ގޮތުން އަމިއްލަ އިންޝުއަރެންސެއް އޮތް މީހެއްނަމަ، އެ މީހަކަށް އާސަންދައިގެ ހިދުމަތް ލިބޭނީ އަމިއްލަ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުންނެވެ. އެގޮތުން، އަމިއްލަ އިންޝުއަރެންސް އޮންނަ މީހުންނަށް ސިއްހީ ހިދުމަތް ދޭ ތަންތަނުން މީގެފަހުން ތައްޔާރު ކުރާނީ ވެސް އަމިއްލައަށް ފައިސާ ދައްކަން ޖެހޭ ބޭސް ސިޓީއެކެވެ.
އެގޮތަށް އާސަންދައިން ނިންމީ ހަމައެކަނި އެނދުމަތި ނުކޮށް ދެވޭ ފަރުވާއަށެވެ. ނަމަވެސް އެނދުމަތި ކޮށްގެން ދޭ ފަރުވާއަށް ކުރިއެކޭ ވެސް އެއްގޮތަށް އާސަންދަ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ނަމަވެސް ޕްރައިވެޓް އިންޝުއަރެންސްގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސަސްއިން އަދި މޯލްޑިވްސް ޑިފެންސް ފޯރސްއިން ހިންގާ ސްކީމްތައް ނުހިމެނޭ ކަމަށް އާސަންދައިން ބުންޏެވެ.
އެލައިޑް އަދި ސޮލަރެލްއިން ދޭ ކޭޝްލެސް ހިދުމަތް ހުއްޓާލުމާ ގުޅިގެން ދިގު މުއްދަތަށް ބޭސް ކުރާ ފަރާތްތަކުން އަމިއްލަ ޖީބުން ބޮޑު ހަރަދުތަކެއް ކުރަން ޖެހުމުން ބޮޑެތި ކަންބޮޑުވުންތައް އަންނަނީ ފާޅު ކުރަމުންނެވެ. އެ ފައިސާ އަނބުރާ ލިބޭނީ އިންޝުއަރެންސް ކުންފުންޏަށް ހުށަހަޅައިގެންނެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ހަމަ
4 months ago
އަމިއްލަ އިންސުއަރެންސް އަކީ ކޯޕޭމަންޓްގެ ގޮތުގައި އަތުން ފައިސާ ދޭންޖެހޭ ސްކީމެއް. ދައުލަތުން ފޯރުކޮށްދޭ ހިދުމަތެއްގެ މަންފާ އަމިއްލަ އިންސުއަރެންސް ނަގައިގެން އުޅޭ ބަޔަކަށް ނުލިބޭގޮތް ހެދުން އެއްގޮތަކަށްވެސް ބަލައެއް ނުގަނެވެއެވެ. އާސަންދައާއެކު އިންސުއަރެންސްގެ ހިދުމަތް ހޯދިޔަސް އަތުން މިހާރުވެސް ޚަރަދުތަކެއް ހިނގައެވެ.
Comment