Advertisement

ހޯކްސް ޗެއާމަންގެ އެހީގައި ކަމަދޫ ރައްޔިތުން އުމްރާއަށް ފޮނުވަން ފަށައިފި

23 އޮކްޓޯބަރު 2024 - 22:32 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބ. ކަމަދޫ: ހޯކްސް ޗެއާމަންގެ އެހީގައި ކަމަދޫ ރައްޔިތުން އުމްރާއަށް ފޮނުވަން ފެށުން -- ފޮޓޯ: އޮޑި ކަމަދޫ


ހޯކްސް ޗެއާމަންގެ އެހީގައި ކަމަދޫ ރައްޔިތުން އުމްރާއަށް ފޮނުވަން ފަށައިފި

23 އޮކްޓޯބަރު 2024 - 22:32 2

ދަ ހޯކްސްގެ ޗެއާމަން އަހުމަދު ރަޝީދު ހަސަންގެ އެހީތެރިކަމާ އެކު ބ. ކަމަދޫ ރައްޔިތުން އުމްރާއަށް ފޮނުވަން ފަށައިފި އެވެ.

ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު "އަދަދު" އަށް ވިދާޅުވީ އަހުމަދު ރަޝީދުގެ އެހީތެރިކަމާ އެކު މިދިޔަ މަހު 10 މީހަކު އުމްރާއަށް ފޮނުވާފައިވާ ކަމަށާއި އެމީހުން ހޮވީ ޝައުގުވެރިވާ ފަރާތްތައް މެދުގައި ގުރު ނެގުމަށްފަހު ކަމަށެވެ.

"އުމްރާގެ އަޅުކަން ނުކުރާ ފަރާތްތައް ފޮނުވަމުން އެ ދަނީ. ފުރަތަމަ ބެޗުގައި 10 މީހަކު މިދިޔަ މަހު ވަނީ ފޮނުވާފައި. އެމީހުން މިހާރު އަޅުކަމަށް ފަހު އެނބުރި އައިސްފި،" ހަސަން ޒަރީރު ވިދާޅުވި އެވެ.

ހަސަން ޒަރީރު އިތުރަށް ވިދާޅުވީ އުމްރާއަށް މީހުން ފޮނުވުމަށް ހަމަޖެހިފައި ވަނީ އެކި ބެޗުތަކަށް ބަހާލައިގެން ކަމަށާއި އަންނަ ޑިސެމްބަރު މަހު އިތުރު 15 މީހުން ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކަމަދޫ ރައްޔިތުންނަށް ތަނަވަސް ކޮށްދިން އެ ފުރުސަތުގެ ދަށުން އުމްރާގެ އަޅުކަން އަދާ ކުރަން ދެވޭނީ 30 އަހަރު ފުރިފައިވާ މީހުންނަށެވެ. ކުރިމަތިލާ މީހުންނަކީ ހައްޖުގެ އިތުރުން އުމްރާގެ އަޅުކަން މީގެ ކުރިން ނުކުރާ މީހަކަށް ވާން ޖެހެ އެވެ.

އޭގެއިތުރުން 30 އަހަރުގެ ހުރިހާ ރައްޔިތުން އުމްރާއަށް ފޮނުވައި ނިމުމުން، ރަށުގެ ބާކީ އެހެން ހުރިހާ ރައްޔިތުންނަށް ވެސް އުމްރާގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ.

ހޯކްސްގެ ޗެއާމަން އަހުމަދު ރަޝީދު އަކީ ކަމަދޫއަށް ނިސްބަތްވާ ރައްޔިތެކެވެ. އޭނާ އަންނަނީ އެ ރަށުގެ ރައްޔިތުންނަށާއި ރަށުގައި ހިންގާ ހަރަކާތްތަކަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.