Advertisement

އަލިފުށީގައި މަސް ހިފަން ފޭބި 24 އަހަރުގެ ޒުވާނަކު މަރުވެއްޖެ

ރ. އަލިފުށި


އަލިފުށީގައި މަސް ހިފަން ފޭބި 24 އަހަރުގެ ޒުވާނަކު މަރުވެއްޖެ

ރ. އަލިފުށީގައި މަސް ހިފަން މޫދަށް ފޭބި 24 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެއްޖެ އެވެ.

ދާދި ދެންމެއަކު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހާއަކީ އަލިފުށީ ކަނޑުތޮށި ކައިރިއަށް މަސް ހިފަން ފޭބި ތިން މީހެއްގެ ތެރެއިން އެކަކު ކަމަށެވެ. އޭނާ މައްޗަށް ނާރައިގެން ފުލުހުންނަށް ރިޕޯޓުކުރީ މިއަދު މެންދުރު 12:08 ގަ އެވެ.

އެ މީހާ މޫދު އަޑިން ނަގައިގެން އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު މަރުވެފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.