Advertisement

ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާދީ ގިނަ އަދަދެއްގެ ސިފައިން ޒަހަމްކޮށްލައިފި

14 އޮކްޓޯބަރު 2024 - 07:12 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހިޒްބުﷲ އިން އިޒްރޭލަށް ދިން ހަމަލާގައި ޒަހަމްވި މީހުން ހޮސްޕިޓަލަށް ގެންދަނީ: ހަމަލާގައި 67 މީހުން ވަނީ ޒަހަމްވެފައި -- ފޮޓޯ: ފްލޭޝް 90


ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާދީ ގިނަ އަދަދެއްގެ ސިފައިން ޒަހަމްކޮށްލައިފި

14 އޮކްޓޯބަރު 2024 - 07:12 1

ހިޒްބުﷲ އިން އުތުރު އިޒްރޭލުގެ ބިންޔަމީނާގައި އޮތް ސިފައިންގެ އެއްވުމަކަށް ދިން ޑްރޯން ހަމަލާއެއްގައި ގިނަ އަދަދެއްގެ ސިފައިން ޒަހަމް ކޮށްލައިފި އެވެ.

އިޒްރޭލުގެ ނޫސްތަކުން ބުނާގޮތުގައި ހަމަލާއާ ގުޅިގެން ޒަހަމްވި މީހުންގެ އަދަދު 67 އަށް އަރާއިރު ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަމަލާގައި އިޒްރޭލުގެ ބައެއް ސިފައިން މަރުވެފައިވާއިރު، އޭގެ ތެރޭގައި އިޒްރޭލު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ވެސް ހިމެނެ އެވެ. ނަމަވެސް އެ ހަމަލާގައި އެއްވެސް މީހަކު މަރުވި ކަމަށް އިޒްރޭލުން އަދި ނުބުނެ އެވެ.

ހަމަލާއާ ގުޅިގެން ބިންޔަމީނާ ކުއްލި ހާލަތަށް ގެނެސް، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްތެރިންނާއި ސަލާމަތީ ބާރުތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ލުބްނާނުގެ ބޯޑަރާއި 70 ކިލޯމީޓަރު ދުރުގައި އޮންނަ އަދި އިޒްރޭލުގެ ވެރިރަށް ޓެލް އަވިވް އާއި ހައިފާއާ ދެމެދު އޮންނަ ބިންޔަމީނާގައި ދިރިއުޅެނީ 16،000 މީހުންނެވެ.

ހިޒްބުﷲ އިން އިޒްރޭލަށް ދިން ޑްރޯން ހަމަލާގައި ބައެއް ޑްރޯންތައް އިޒްރޭލުން ވައްޓާލި ނަމަވެސް، ބައެއް ޑްރޯންތައް ވައްޓާނުލެވި ގިނަ އިރުތަކެއް ހޭދަވި އެވެ.

އިރާނުން އިޒްރޭލަށް ދިން ހަމަލާގައި އެއާ ޑިފެންސް ސިސްޓަމަށް އެއްފަހަރާ މިސައިލްތައް ހުއްޓުވަން އުނދަގޫވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ގިނަ މިސައިލްތައް އަމާޒަށް ވާސިލުވުމެވެ.

އިޒްރޭލުން އަންނަނީ ލުބްނާނުގެ އިތުރުން ފަލަސްތީނުގެ ގާޒާއަށް ހުއްޓުމެނެތި ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި ކުށެއް ނެތް އެތަކެއް ކުޑަ ކުދިންނާއި އަންހެނުން ކޮންމެ ދުވަހަކު ވެސް އަންނަނީ މަރުވަމުންނެވެ.