Advertisement

އެމެރިކާއަށް އެރި ނަގޫރޯޅީގައި ފްލޮރިޑާއިން ހަތަރު މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް

10 އޮކްޓޯބަރު 2024 - 20:18 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފްލޮރިޑާއަށް ނަގޫރޯޅި އެރުން: ހަތަރު މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި -- ފޮޓޯ: ރޮއިޓާސް


އެމެރިކާއަށް އެރި ނަގޫރޯޅީގައި ފްލޮރިޑާއިން ހަތަރު މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް

10 އޮކްޓޯބަރު 2024 - 20:18 0

އެމެރިކާއަށް އެރި "ހަރިކޭން މިލްޓޮން" ނަމުން ނަން ދީފައިވާ ނަގޫރޯޅިގައި އެ ގައުމުގެ ސްޓޭޓެއް ކަމަށްވާ ފްލޮރިޑާއިން ހަތަރު މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ "އަލްޖަޒީރާ" އިން ބުނީ މިހާތަނަށް ނަގޫރޯޅީގައި ފްލޮރިޑާގެ ތިން މިލިއަނެއްހާ ގެއަށް ކަރަންޓުގެ ހިދުމަތް މެދުކެނޑި، އެތައް ބަޔަކު ގެެތަކުގައި ތާށިވެގެން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ މިއީ ފަހުގެ ގަރުނެއްގައި ވެސް ފްލޮރިޑާއަށް ދިމާވި އެންމެ ބޮޑު ކާރިސާ ކަމަށާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓަރު (އެންއެޗްސީ) އިން ބުނީ އެ ނަގޫރޯޅީގެ ބާރު ގަދަވެ ކެޓަގަރީ ފަހެއްގައި އިއްޔެ ހުރި ނަމަވެސް، މިއަދު އޭގެ ބާރު ދަށްވެ ކެޓަގަރީ އެކަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ފްލޮރިޑާގައި 6،500 އެމެރިކާ ސިފައިން، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުން އަންނައިރު ނަގޫރޯޅި އެރުމުގެ ކުރިން އެތަން ދޫކޮށް ބައެއް ރައްކާތެރި ހިސާބުތަކަށް ވެސް މީހުން ބަދަލުވި އެވެ.

ފްލޮރިޑާއަށް ނަގޫރޯޅި އަރާތީ އެ ސްޓޭޓް ދޫކޮށް ދިޔުމަށް ހަތް މިލިއަން ރައްޔިތުންނަށް އެންގި އެވެ.