Advertisement

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ބެލަރޫސްގެ 123 ގައިދީން މިނިވަންކޮށްފި

about 4 hours 0

ބެލަރޫސްގެ ޖަލުން ދޫކޮށްލި މީހުން


އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ބެލަރޫސްގެ 123 ގައިދީން މިނިވަންކޮށްފި

about 4 hours 0

އެމެރިކާއިން ބެލަރޫސްއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށް އެއްބަސްވުމާ ގުޅިގެން، އެ ގައުމުގެ ޖަލުތަކުގައި ތިބި 123 ގައިދީން މިނިވަންކޮށްފި އެވެ.

މިނިވަންކުރި މީހުންގެ ތެރޭގައި ބެލަރޫސްގެ މަޝްހޫރު ސިޔާސީ އެކްޓިވިސްޓު މަރީއާ ކޮލެސްނިކޯވާ އާއި ނޯބެލް ސުލްހައިގެ އިނާމު ހާސިލްކޮށްފައިވާ އެލެސް ބިއަލިއަޓްސްކީ ހިމެނެއެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ މަންދޫބު ޖޯން ކޯލް ބެލަރޫސްގެ ވެރިރަށް މިންސްކަށް ވަޑައިގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ނިންމި ނިންމުމެކެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން ވަނީ ގަސްކާނާ އުފެއްދުމަށް ބޭނުންކުރާ މައިގަނޑު މާއްދާއެއް ކަމަށްވާ "ޕޮޓޭޝް" އެކްސްޕޯޓް ކުރުމަށް ބެލަރޫސްއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމާފައެވެ. ޕޮޓޭޝްއަކީ ބެލަރޫސްގެ އިގްތިސާދަށް މުހިންމު އެއްޗެކެވެ.

އެމެރިކާގެ މަންދޫބު ކޯލް ވިދާޅުވީ ދެ ގައުމުގެ ގުޅުން އާންމު ހާލަތަކަށް އަންނަމުންދާ ވަރަކަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް ވެސް އުވާލާނެ ކަމަށެވެ.

ބެލަރޫސްގެ ރައީސް އަކީ އެ ގައުމުގެ ރައީސްގެ ގޮތުގައި އީޔޫ އިން އޮތީ ބަލައިނުގަނެފަ އެވެ. ނަމަވެސް އެމެރިކާގެ މި ފިޔަވަޅާއެކު ބައިނަލްއަގުވާމީ އެހެން ފަރާތްތަކުން ބެލަރޫސްއަށް އަޅާފައިވާ ދަތިތަކަށް ވެސް ލުއި ލިެބެމުންދާނެ ކަމަށެ ބެލެވެ އެވެ.