Advertisement

ކްރިޕްޓޯ ކަރަންސީގެ ބާޒާރުން 40 ބިލިއަން ޑޮލަރު ގެއްލުވާލި މޭސްތިރިޔާ 15 އަހަރަށް ޖަލަށް

about 7 hours 0

ޓެރާފޯމް ލެބްސްގެ ކޯފައުންޑަރު ކްވޮން


ކްރިޕްޓޯ ކަރަންސީގެ ބާޒާރުން 40 ބިލިއަން ޑޮލަރު ގެއްލުވާލި މޭސްތިރިޔާ 15 އަހަރަށް ޖަލަށް

about 7 hours 0

ކްރިޕްޓޯ ކަރަންސީގެ ބާޒާރުން 40 ބިލިއަން ޑޮލަރު ގެއްލިގެން ދިޔަ ބޮޑު އޮޅުވާލުމުގެ މޭސްތިރިޔާ، ދެކުނު ކޮރެއާގެ ޑޫ ކްވޮން 15 އަހަރަށް ޖަލަށް ލުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ސިންގަޕޫރުގައި ހިންގި ޓެރާފޯމް ލެބްސްގެ ކޯފައުންޑަރު ކްވޮންގެ މައްޗަށް ނިއު ޔޯކްގެ ކޯޓުން ހުކުމް އިއްވީ، އިންވެސްޓަރުންނަށް އޮޅުވާލައިގެން މަކަރާއި ހީލަތް ހެދިކަން ސާބިތުވުމާ ގުޅިގެންނެވެ. މިއީ "ޓެރާ ޔޫއެސްޑީ" އަދި "ލޫނާ" ޑިޖިޓަލް ކޮއިން ބޭނުންކޮށްގެން ހިންގި އޮޅުވާލުމެކެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު ޕޯލް އޭ އެންގލްމޭޔާ ވިދާޅުވީ، ސްޓެންފޯޑް ޔުނިވާސިޓީން ގްރެޖުއޭޓްވެފައިވާ ކްވޮން އަށް އިތުބާރުކޮށް ފައިސާ ހަވާލުކުރި އިންވެސްޓަރުންނަށް ތަކުރާރުކޮށް ދޮގުހަދާފައި ކަމަށެވެ.

"މިއީ ޖީލެއްގައިވެސް ނުފެންނަހާ ބޮޑު އޮޅުވާލުމެއް. ފެޑެރަލް ޕްރޮސެކިއުޝަންގެ ތާރީޚުގައިވެސް، ތިބާ ދިން ވަރުގެ ބޮޑު ގެއްލުމެއް ދިން މީހުން ވަރަށް މަދު،" މެންހެޓަން ކޯޓުގައި އޮތް އަޑުއެހުމުގައި ފަނޑިޔާރު ވިދާޅުވިއެވެ.

މަކަރާއި ހީލަތް ހެދުމުގެ ކުށަށް އޮގަސްޓް މަހު އިއުތިރާފުވެފައިވާ ކްވޮން، ކޯޓުގައި ބުނީ ފާއިތުވި އަހަރުތަކުގައި އޭނާ ހޭދަކުރީ ކަންކަން ރަނގަޅު ކުރުމަށް ކުރެވޭނީ ކޮންކަމެއްތޯ ވިސްނުމުގައި ކަމަށާއި، ކުރެވުނު ކަންކަމާ މެދު ހިތާމަކުރާ ކަމަށެވެ.

ދައުވާގައިވާ ގޮތުން 2021 ވަނަ އަހަރުގެ މެއި މަހު "ޓެރާ ޔޫއެސްޑީ" ގެ އަގު އެއް ޑޮލަރަށްވުރެ ދަށަށް ދިއުމުން، ކްވޮން ވަނީ އެ އަގު އައީ ކޮމްޕިއުޓަރު އެލްގޮރިދަމަކުން ކަމަށް ބުނެ ދޮގު ހަދާފަ އެވެ.