Advertisement

އިޒްރޭލުން ދިން ހަމަލާތަކުގައި ލުބްނާނުން މަރުވި މީހުންގެ އަދަދު 2،000 އަށް

އިޒްރޭލުން ލުބްނާނަށް ދިން ހަމަލާތަކުގައި ބެއިރޫތުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުން ވެފައި: ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 2،000 އަށް އަރާފައި -- ފޮޓޯ: އޭއެފްޕީ


އިޒްރޭލުން ދިން ހަމަލާތަކުގައި ލުބްނާނުން މަރުވި މީހުންގެ އަދަދު 2،000 އަށް

އިޒްރޭލުން ލުބްނާނުގައި ހިންގަމުންދާ ގަތުލްއާންމުގައި މަރުވި މީހުންގެ އަދަދު 2،000 އަށް އަރައިފި އެވެ.

ލުބްނާނުގެ ހެލްތު މިނިސްޓްރީން ބުނީ މަރުވި 2،000 މީހުންގެ ތެރޭގައި 127 ކުޑަކުދިންނާއި 261 އަންހެނުން ހިމެނޭ ކަމަށެވެ.

ހަމަލާތަކާ ގުޅިގެން މިލިއަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާއިރު ގިނަ އަދަދެއްގެ މީހުން ވަނީ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްފަ އެވެ.

އިޒްރޭލުން ދެމުން އަންނަ ހަމަލާތައް ހުއްޓުވަން ލުބްނާނަށް މަދަދުވެރިވާ ހިޒްބުﷲ އިން އަންނަނީ އިޒްރޭލުގެ އަސްކަރިއްޔާއާ ކުރިމަތިލަމުންނެވެ. އެ ކުރިމަތިލުންތަކުގައި ބައެއް އިޒްރޭލުގެ ސިފައިން ވަނީ މަރުވެސް ވެފަ އެވެ.

ހިޒްބުﷲ އާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ބުނެ އިޒްރޭލުން އަންނަނީ މެދުނުކެނޑި ލުބްނާނަށް ހަމަލާތައް ދެމުންނެވެ.

އެގޮތުން އިޒްރޭލުން އަންނަނީ ދެކުނު ލުބްނާނު ބޯޑަރުން އެ ގައުމަށް ވަންނަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހިޒްބުﷲ އިން އަންނަނީ އެ ފުރުސަތު އިޒްރޭލަށް ނުދީ، ދެކުނުން ވަރުގަދަ ހަމަލާތައް އިޒްރޭލަށް ދެމުންނެވެ.

އިޒްރޭލުން އަންނަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 7، އިން ފެށިގެން މެދުނުކެނޑި ފަލަސްތީނުގެ ގާޒާއަށް ވެސް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 41،802 އަށް ވަނީ އަރާފަ އެވެ.

އިޒްރޭލުން ހިންގާ ގަތުލްއާންމު ހުއްޓުވަން ގައުމުތަކުން ގޮވާލަމުން އައި ނަމަވެސް، މިހާތަނަށް ވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.