Advertisement

މާލީ ގޮތުން ބާރުވެރިވުމަށް އެމްޑީޕީއަށް ވިޔަފާރި ކުރެވޭނެ: ފުއާދު

4 އޮކްޓޯބަރު 2024 - 08:04 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުއާދު ތައުފީގް: މާލީ ގޮތުން ބާރުވެރިވުމަށް އެމްޑީޕީއަށް ވިޔަފާރި ކުރެވޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް


މާލީ ގޮތުން ބާރުވެރިވުމަށް އެމްޑީޕީއަށް ވިޔަފާރި ކުރެވޭނެ: ފުއާދު

4 އޮކްޓޯބަރު 2024 - 08:04 0

މާލީ ގޮތުން ބާރުވެރިވުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް އޮންނަ އުސޫލުގެ ތެރެއިން ވިޔަފާރި ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "އަދަދު" އަށް ވިދާޅުވީ އެމްޑީޕީގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ވިޔަފާރި ކުރުން އެއްވެސް ގާނޫނަކާއި ގަވާއިދަކުން މަނާ ނުކުރާ ކަމަށާއި އެކަމަށް އެ ކޮމިޝަނުން ހުރަހެއް ނާޅާނެ ކަމަށެވެ.

"އިކޮނޮމިކް މިނިސްޓްރީގައި އޮންނަ ގަވާއިދުތަކުގެ ތެރެއިން އެމީހުންނަށް އެކަން ކުރެވިދާނެ ކަމަށް އަޅުގަނޑު ދެކެނީ. އެއްވެސް ގާނޫނަކުން، ގަވާއިދަކުން މަނަލެއް ނުކުރޭ ސިޔާސީ ޕާޓީއަކަށް ވިޔަފާރި ކުރުމެއް،" ފުއާދު ވިދާޅުވި އެވެ.

ޕާޓީތައް މާލީގޮތުން ބާރުވެރިވެ ކުރިއަރައިގެން ދިޔުމަކީ އިލެކްޝަންސް ކޮމިޝަންގެ އެދުމަކަށް ވާނެކަން ފާހަގަ ކުރައްވާ ފުއާދު ވިދާޅުވީ އެކަން ކުރެވެން އޮތް މަގުތައް ހޯދައިގެން ކުރިއަށް ދިޔުމަށް އެދޭ ކަމަށެވެ.

އެމްޑީޕީގެ މާލީ ތަނަވަސްކަން އިތުރު ކުރުމަށް ވިޔަފާރި ފެށުމަށް ނިންމީ ބުދަ ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސް ޖަލްސާގަ އެވެ. އެ ޖަލްސާގައި ފާސްކުރީ ވިޔަފާރި ކުރެވޭނެ ގާނޫނީ ނިޒާމެއް ހޯދައި އެގޮތަށް ކުރިއަށް ދިޔުމަށެވެ.

އެގޮތުން ވިޔަފާރި ފެށުމުގެ މަޝްވަރާތައް ކުރަން ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީގެގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި، އެކަން ކުރިއަށް ގެންދާނެ ގޮތެއް ނިންމާނެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައި ވަނީ ވިޔަފާރީގެ މުއާމަލާތްތަކުން ފައިސާ ހޯދުން ޕާޓީތަކަށް ހުއްދަކަމެކެވެ.