Advertisement

ފުއާދުގެ ދައުރު ހަމަވާތީ އިލެކްޝަންސްއަށް އާ މެންބަރަކު ހޮވަނީ

12 ސެޕްޓެންބަރު 2024 - 19:26 0


ފުއާދުގެ ދައުރު ހަމަވާތީ އިލެކްޝަންސްއަށް އާ މެންބަރަކު ހޮވަނީ

12 ސެޕްޓެންބަރު 2024 - 19:26 0

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު ހޮވުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ އެ ކޮމިޝަނުގެ މެންބަރުކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ކުރިމަތިލުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 23، ގެ މެންދުރު 12:00 އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ. އެ ކޮމިޝަނުގެ މެމްބަރު ކަމަށް ފުއާދު އައްޔަނު ކުރީ ނޮވެމްބަރު 24، 2019 ގަ އެވެ.

ފުއާދަކީ މީގެ ކުރިން ވެސް އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ބޭފުޅެކެވެ. އެގޮތުން 2008 ވަނަ އަހަރު އެންމެ ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިހާބު ބޭއްވިއިރު ވެސް ފުއާދު އެ ކޮމިޝަނުގައި ހުންނެވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ހޮވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ނަމަވެސް އެ މަޖިލީހަށް ނަން ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އިލެކްޝަންސް ކޮމިޝަނުގައި ތިބެންޖެހެނީ ފަސް މެންބަރުންނެވެ. ފުއާދުގެ އިތުރުން މިވަގުތު އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ ޑރ. މުހައްމަދު ޒާހިރާއި އަލީ ނަޝާތާއި މުހައްމަދު އާސިފް އަދި ހަސަން ޒަކަރިއްޔާ އެވެ.