Advertisement

މާލެއާ ދުރު އަތޮޅުތަކުގައި ޓޫރިޒަމް ހިނގައިގަންނާނީ ފްލައިޓު އިތުރު ކުރުމުން: އެމްޔޫ މަނިކް

3 އޮކްޓޯބަރު 2024 - 16:05 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޔޫ މަނިކް: މާލެއާ ދުރު އަތޮޅުތަކުގައި ޓޫރިޒަމް ހިނގައިގަންނާނީ ފްލައިޓު އިތުރު ކުރުމުން ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް


މާލެއާ ދުރު އަތޮޅުތަކުގައި ޓޫރިޒަމް ހިނގައިގަންނާނީ ފްލައިޓު އިތުރު ކުރުމުން: އެމްޔޫ މަނިކް

3 އޮކްޓޯބަރު 2024 - 16:05 0

މާލެއާ ދުރު އަތޮޅުތަކުގައި ޓޫރިޒަމް ކުރިއަރުވަން އެއާޕޯޓްތަކަށް ދަތުރުކުރާ ފްލައިޓްތައް އިތުރު ކުރަން ޖެހޭ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކް) ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި އެމްޔޫ މަނިކު ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ހިނގައިގަތީ ހެލިކަޕްޓަރުގެ އިތުރުން ސީޕްލޭން ދުއްވަން ފެށި ފަހުން ކަމަށާއި މާލެއާ ދުރުގައި ހުރި އެއާޕޯޓްތަކަށް ފްލައިޓްތައް އިތުރުކޮށް ކަނެކްޓިވިޓީ ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެއާޕޯޓް ހަދައިފިން، ހެދިޔަކަސް އެތަނަކަށް ޕްލޭނެއް ނުދެއޭ އެނގޭތޯ. މިތަނަށް ފްރިކުއެންޓް ފްލައިން އުފެދިގެން ނޫނިއްޔާ ރިވައިވެއް ނުވާނެ. އޭރަށް ކޮމާޝަލް އިންޓްރެސްޓު ވެސް އަންނާނެ. ހުރިހާ ކަމެއް ވާނެ،" އެމްޔޫ މަނިކް ވިދާޅުވި އެވެ.

ދެކުނުގެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ ހާލު އެނގޭކަން ފާހަގަކުރައްވާ އެމްޔޫ މަނިކް ވިދާޅުވީ ކޮންމެ ދުވަހަކު އެ ހިސާބަށް ދެތިން ފްލައިޓް ނުގޮސް ކޮމާޝަލީ ފީސިބަލް ނުވާނެ ކަމަށާއި ކަނެކްޓިވިޓީ ވަރަށް މުހިންމު ކަމަށެވެ.

އެމްޔޫ މަނިކފް ވިދާޅުވީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން މަދުވުމުގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެކަމަށް އެޑްރެސްކޮށް މީހުން ބިނާ ކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް ކުރިއަރައިގެން ދަނީ ދިވެހި ރައްޔިތުން ދޭ އެއްބާރުލުމުން ކަމަށާއި އެހެންކަމުން ފަތުރުވެރިކަމުގެ ދުވަހުގައި ހުރިހާ ރައްޔިތުންނަށް އެކަމަށްޓަކައި ޝުކުރު އަދާ ކުރާ ކަމަށް ވެސް އެމްޔޫ މަނިކް ވިދާޅުވި އެވެ.