Advertisement

ގަވާއިދަށް ގެނައި ބަދަލުތަކާ އެކު ޑޮލަރުގެ ތާށިކަން ހައްލުވާނެ: ގަވަރުނަރު

3 އޮކްޓޯބަރު 2024 - 14:54 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު: ގަވާއިދަށް ގެނައި ބަދަލުތަކާ އެކު ޑޮލަރުގެ ތާށިކަން ހައްލުވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްއެމްއޭ


ގަވާއިދަށް ގެނައި ބަދަލުތަކާ އެކު ޑޮލަރުގެ ތާށިކަން ހައްލުވާނެ: ގަވަރުނަރު

3 އޮކްޓޯބަރު 2024 - 14:54 0

ރިސޯޓުތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 500 ޑޮލަރު މާރު ކުރަން ގަވާއިދަށް ގެނައި ބަދަލުތަކާ އެކު ޑޮލަރުގެ ތާށިކަން ހައްލުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް"ގެ ޕްރޮގްރާމެއްގައި މުނައްވަރު ވިދާޅުވީ ގަވާއިދުގެ ސަބަބުން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމްއެމްއޭއަށް ދިމާވެގެން އުޅޭ ޑޮލަރުގެ ތާށި ކަމަށް ހައްލު ލިބި، އެމްއެމްއޭއިން ބޭންކްތަކުން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހަދަން ދެވޭ 10 ޕަސަންޓު، 30 ޕަސަންޓަށް އިތުރު ވެގެންދާނެ ކަމަށެވެ.

"އޭގެ ހެޔޮ ފައިދާ ލިބިގެންދާނެ އަޅުގަނޑު ދަންނަވާނީ ބީއެމްއެލް އާއި އަޅުގަނޑުމެންނަށް ދިމާވާ ޑޮލަރުގެ މައްސަލަ ވެސް އަދި އިތުރަށް ވެސް އަޅުގަނޑުމެން މިސާލަކަށް ބޭންކް ތަކުން އާންމުކޮށް ޓީޓީ ހަދާއިރު ދެވޭ 10 އިންސައްތަ ބޮޑުވެގެންދާނެ 20 އިންސައްތަ ނުވަތަ 30 އިންސައްތައަށް،" މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ރާއްޖެއިން ފުރާ ކޮންމެ ދިވެއްސަކަށް 500 ޑޮލަރު ދޭއިރު، އެމްއެމްއޭއިން އެކުލަވައިލި އާ ގަވާއިދުގެ ދަށުން ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުވެރިއެއްގެ އަތުން 500 ޑޮލަރު ނެގުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ބޭންކްތަކުން އެމްއެމްއޭއަށް ޑޮލަރު ދިނުމުގެ ބަދަލުގައި އެމްއެމްއޭއިން ބޭންކްތަކަށް ޑޮލަރު ދޭން ޖެހޭކަން ފާހަގަ ކުރައްވައި މުނައްވަރު ވިދާޅުވީ ގަވާއިދުގެ ސަބަބުން ބޭންކްތަކަށް އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ދެވޭނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"އެމްއެމްއޭއިން މިސާލަކަށް ފުރާ ދިވެހި ރައްޔިތަކަށް 500 ޑޮލަރު ދެވޭ ކަމުގައިވާނަމަ، އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެންގެ ފަތުރުވެރިންގެ އިންޑަސްޓްރީން އަންނަ ކޮންމެ ފަތުރުވެރިއެއް އަތުން 500 ޑޮލަރު ދިނުމަކީ ރަނގަޅު ކަމެކޭ،" މުނައްވަރު ވިދާޅުވި އެވެ.

ޑޮލަރު މާރު ކުރަން ޖެހޭނީ ޓުއަރިސްޓުން އެ ފެސިލިޓީއަކަށް އަންނަ މިންވަރަކުންނެވެ. ރިސޯޓުތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 500 ޑޮލަރު އެ ފެސިލިޓީއަކުން މާރު ކުރަންޖެހެ އެވެ. ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަންޖެހެ އެވެ.

އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ނިންމުން ބަދަލު ކުރުމަށް ވެސް ގޮވާލަމުންނެވެ.