Advertisement

ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިންގެ ހިދުމަތަށް ބުރޫއަރައިފި

30 ނޮވެންބަރު 2025 - 21:14 3

އަހުމަދު އާއިދު

އަހުމަދު އާއިދު


ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިންގެ ހިދުމަތަށް ބުރޫއަރައިފި

30 ނޮވެންބަރު 2025 - 21:14 3

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޯބައިލް އެޕްލިކޭޝަން އާއި އިންޓަނެޓް ބޭންކިންގެ ހިދުމަތަށް ބުރޫއަރައިފި އެވެ.

ބީއެމްއެލްގެ އެޕާއި އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް މެދުކެނޑިފައި ހުންނަތާ މިހާރު ވަނީ ދެތިން ގަޑިއިރުވެފަ އެވެ.

އެ ބޭންކުގެ ކޯލް ސެންޓަރުން ވަނީ އެޕާއި އިންޓަނެޓް ބޭންކިންގެ ހިދުމަތަށް މައްސަލައެއް ދިމާވެ އެކަން ހައްލުކުރަން އުޅޭ ކަމަށް ބުނަމުންނެވެ.

ނަމަވެސް، އެ ބޭންކުން މިހާތަނަށް މިކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ބަހެއް ބުނެފައެއް ނުވެ އެވެ. ދިމާވި މައްސަލަ ސާފުކުރުން މި ނޫހުން ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު އަށް ގުޅުމުން އަދި މެސެޖް ކުރުމުން މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

ބީއެމްއެލްގެ ހިދުމަތްތަކަށް ފަހަކަށް އައިސް މައްސަލަތައް އަންނަނީ ދިމާވަމުންނެވެ. އެގޮތުން އެ ބޭންކުގެ ކާޑުން ދޭ ހިދުމަތްތަކަށް އެކި ފަހަރު މަތިން ބުރޫ އަރާފައިވެ އެވެ.

ރާއްޖޭގެ ބޮޑު އާބާދީއެއް ބޭނުންކުރަމުންދާ ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ހިދުމަތްތަކަށް ބުރޫ އެރުމާއި ގުޅިގެން އާންމުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.