Advertisement

ޔޫރޯ 2024: ގޯލްއާރްގެ ވަނަވަނައަށް ދިޔަ މީހުން އިއުލާންކޮށްފި

30 ސެޕްޓެންބަރު 2024 - 11:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޔޫރޯ 2024: ގޯލްއާރްގެ ވަނަވަނައަށް ދިޔަ މީހުން އިއުލާންކޮށްފި

30 ސެޕްޓެންބަރު 2024 - 11:15 0

ޔޫރޯ 2024 އާ ދިމާކޮށް "އަދަދު" އާއި "ގޯލްއާރް" ގުޅިގެން ކުރިއަށް ގެންދިޔަ "ބޯޅަ އީދު" މުބާރާތުން ވަނަވަނައަށް ދިޔަ މީހުން އިއުލާން ކޮށްފި އެވެ.

ގޯލްއާރްގައި ވަނަވަނައަށް މީހުން ހޮވާފައި ވަނީ ސްކޯ ދިމާކޮށްގެން އެންމެ ގިނައިން ޕޮއިންޓް ހޯދާ މީހުންނެވެ.

ގޯލްއާރްގެ ގްރޭންޑް ޕްރައިޒް އައިފޯން 15 ޕްރޯ މެކްސް ކާމިޔާބު ކުރީ މުހައްމަދު ޝާކިރު އެވެ. ދެވަނައަށް މުއީނާ ހަސަން ކާމިޔާބުކޮށް ދެ މީހުންގެ މާފުށި ދަތުރެއް ހޯދާފައިވާއިރު ތިންވަނަ ކާމިޔާބުކޮށް ވެކިއުމް ރޮބޮޓެއް ހޯދީ ޒަހް ޝަރީފް އެވެ.

ގްރޫޕް ސްޓޭޖުން އެއްވަނަ ކާމިޔާބުކޮށް އެސްއެސްޑީ ހާޑު ޑިސްކް ހޯދީ މުހައްމަދު ޝާކިރު އެވެ. ދެވަނަ ކާމިޔާބުކޮށް ގޭމިން ހެޑްސެޓެއް ހޯދީ މިންހާ އެވެ. އަދި ތިންވަނަ ކާމިޔާބުކޮށް ބިއަންކޯ ކޮފީ އެންޑް އީޓަރީއިން 500ރ. ގެ ވައުޗަރެއް ހޯދީ ޔޫސުފް ޝާމް އެވެ.

ގަދަ 16 ގައި އެއްވަނަ އިނާމު އެސްއެސްޑީ ހާޑު ޑިސްކް ކާމިޔާބުކުރީ މުހައްމަދު ރަޝީދު އެވެ. ދެވަނަ ކާމިޔާބުކޮށް ގޭމިން ހެޑްސެޓް ހޯދީ ހަސަން ނާޝިދު އެވެ. އަދި ތިންވަނަ ކާމިޔާބުކޮށް ޓޫލް ސެޓެއް ހޯދީ އައްސަދު ރިޒާ އެވެ.

ސެމީފައިނަލުގައި އެއްވަނަ ކާމިޔާބުކޮށް އޮނާ ފޯނެއް ހޯދީ ޝަހީމާ އެވެ. ދެވަނަ ކާމިޔާބުކޮށް ޕްރެޝާ ވޮޝާއެއް ހޯދީ އަހުމަދު ނިޔާޒް އެވެ. އަދި ތިންވަނަ ކާމިޔާބުކޮށް ބިއަންކޯ ކޮފީ އެންޑް އީޓަރީއިން 500ރ. ގެ ވައުޗަރެއް ހޯދީ ޒާފިރު އެވެ.

ފައިނަލުގައި އެއްވަނަ ކާމިޔާބުކޮށް އެންޑްރޮއިޑް 43 އިންޗީގެ ޓީވީއެއް ހޯދީ އަފްސަން ރަޝާދު އެވެ. ދެވަނަ ކާމިޔާބުކޮށް ޕްރެޝާ ވޮޝާއެއް ހޯދީ ޝަފްރާޒް އެވެ. އަދި ތިންވަނަ ކާމިޔާބުކޮށް ބިއަންކޯ ކޮފީ އެންޑް އީޓަރީއިން 500ރ. ގެ ވައުޗަރެއް ހޯދީ ލަޔާން އެވެ.