Advertisement

ހޭންޑްބޯލް ތޯ ނިންމަން ތިން މަސް ނަގައިފި: ކްރޫސް

24 ސެޕްޓެންބަރު 2024 - 21:26 0


ހޭންޑްބޯލް ތޯ ނިންމަން ތިން މަސް ނަގައިފި: ކްރޫސް

24 ސެޕްޓެންބަރު 2024 - 21:26 0

މިއުނިކް (ސެޕްޓެމްބަރު 24) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްޕެއިން އަތުން ޖަރުމަނު ބަލިވެ، މުބާރާތުން ކެޓި މެޗުގައި، ސްޕެއިނުގެ މާކް ކުކުރޭލާ އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުނު ކަމަށް ނިންމަން ތިން މަސް ދުވަސް ނެގުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށް ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފި އެވެ.

ސްޕެއިން އަތުން ޖަރުމަނު 2-1 އިން ބަލިވެ، މުބާރާތުން ކެޓި މެޗަކީ، ކްރޫސްގެ ޕްރޮފެޝަނަލް ކެރިއަރުގެ ފަހު މެެޗެވެ. ކްރޫސް ވަނީ ޔޫރޯ އަށް ފަހު ފުޓްބޯޅަ އިން ރިޓަޔާކުރަން ނިންމާފައިވާކަން މާ ކުރިން އިއުލާނުކޮށްފަ އެވެ.

މި މެޗުގެ ފުރިހަމަ ވަގުުތު ހަމަވިއިރު، ދެ ޓީމު 1-1 އިން ވަނީ އެއްވަރުވެފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖަރުމަނުގެ ޖަމާލް މުސިއާލާ ޖެހި ޝޮޓެއް ކުކުރޭލާ އަތުގައި ޖެހުމުން، ޖަރުމަނުން ޕެނަލްޓީ އަކަށް އެޕީލްކުރި އެވެ. އެކަމަކު، މެޗުގެ ރެފްރީ، އެންތަނީ ޓޭލާ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)އާ މަޝްވަރާ ކުރުމަަށް ފަަހު ނިންމީ ޕެނަލްޓީ އެއް ނޫން ކަމަށެވެ.


އެކަމަކު، ޔުއެފާ އިން ނެރުނު ރިޕޯޓްގައި، ބުނެފައިވަނީ، ކުކުރޭލާ އަތުގައި ޖެހުނު ބޯޅަ އަކީ ހޭންޑްބޯލް އެއް ކަމަށާއި އެ ޕެނަލްޓީ ދޭން ޖެހޭ ކަމަށެވެ.

ކްރޫސް ބުނީ، އެންމެނަށް ހޭންޑްބޯލްކަން އެނގޭ ކަމެއް ނިންމަން ޔުއެފާ އިން ތިން މަސް ދުވަސް ނެގުން ބަލައިނުގަނެވޭ ކަމަށެވެ. އަދި ޔުއެފާ އިން އެ ކުރެވުނު ކުށް މިހާރު ގަބޫލުކުރިޔަސް ކަމެއް ބަދަލުނުވާނެ ކަމަށް ކްރޫސް ވަނީ ބުނެފަ އެވެ.

"ދެން މިހާރު އަހަންނަށް ބުނެވޭނެތަ އަހަންނަކީ ޔޫރޯގެ ޗެމްޕިއަނެކޭ. އެއީ އެ މީހުން އެ އޮތީ ކުށް ގަބޫލުކޮށްފައެއް ނޫންތަ؟ ނޫން އެއީ އެހެން ވާ ކަމެއް ނޫން." ކްރޫސް ބުންޏެވެ.

ޖަރުމަނުން 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މޮޅު ކުޅުމެއް ދެއްކި، ކްރޫސް ޖަރުމަނު ޓީމުން ރިޓަޔާ މި ކުރީ ދެ ވަނަ ފަހަރަށެެވެ، މީގެ ކުރިން، އެއް ފަހަރު ރިޓަޔާކުރުމަށް ފަހު، މި ފަހަރުގެ ޔޫރޯއާ ދިމާކޮށް އެނބުރި ޓީމަށް އައީ ކާމިޔާބު ހޯދޭތޯ އެވެ. ކްރޫސްގެ ކާމިޔާބު ކެރިއަރުގައި މަދުވި ތަށްޓަކީ ޔޫރޯ އެވެ.