Advertisement

ކުޑަހުވަދޫ ކައިރިން އަލިފާން ރޯވި ދޯނި އަޑިއަށް ގޮސްފި

29 ސެޕްޓެންބަރު 2024 - 16:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދ. ކުޑަހުވަދޫ ކައިރީގައި އޮތް ދޯނީގައި އަލިފާން ރޯވުން: އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނިކޮށް އެ ދޯނި ވަނީ އަޑިއަށް ގޮސްފައި -- ފޮޓޯ: އެމްއެންޑީއެފް


ކުޑަހުވަދޫ ކައިރިން އަލިފާން ރޯވި ދޯނި އަޑިއަށް ގޮސްފި

29 ސެޕްޓެންބަރު 2024 - 16:53 0

ދ. ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ، އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ދޯނި އަޑިއަށް ގޮސްފި އެވެ.

ފުލުހުން ބުނީ އެ ދޯނީގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މެންދުރު 14:45 ހާއިރު އެ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ.

އެ ދޯނިން ދަތުރުކުރި ފަސް މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 06:30 ހާއިރު އެ ދޯނީގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދިޔައީ ފުލުހުންނާއި ސިފައިން ގުޅިގެން ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ ހާދިސާގެ ރިޕޯޓު ލިބުނީ ހެނދުނު 7:20 ގައި ކަމަށާއި ރޯވި އަލިފާން ނިއްވާލީ މެންދުރު 14:20 ގައި ކަމަށެވެ.

ކަނޑިންމަ ރިސޯޓުން ފެން ހިފައިގެން ދިޔަ "ހަމްދު" ނަމަކަށް ކިޔާ އެ ދޯނީގައި ރޯވީ އިންޖީނު ރޫމުގައި ކަމަށާއި އަލިފާން ނިއްވަން ހަރަކާތްތެރިވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ. ކުޑަހުވަދޫ އަދި ފ. ނިލަންދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.