Advertisement

ކާށިދޫއަށް ދަތުރު ކުރަމުންދިޔަ ދޯންޏެއްގައި ވެސް އަލިފާން ރޯވެއްޖެ

29 ސެޕްޓެންބަރު 2024 - 15:50 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލެ ސަރަހައްދުގައި ކޯސްޓު ގާޑުގެ އުޅަނދެއް ދުއްވާފައި ދަނީ -- ފޮޓޯ: އަދަދު


ކާށިދޫއަށް ދަތުރު ކުރަމުންދިޔަ ދޯންޏެއްގައި ވެސް އަލިފާން ރޯވެއްޖެ

29 ސެޕްޓެންބަރު 2024 - 15:50 0

ކާށިދޫއަށް ދަތުރު ކުރަމުންދިޔަ ދޯންޏެއްގައި ވެސް އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެކްސްގައި އެމްއެންޑީއެފުން ކުރި ޕޯސްޓެއްގައި ބުނީ އެ ދޯނީގައި އަލިފާން ރޯވިއިރު، ތިން ބިދޭސީންނާއި ދެ ދިވެހިން ތިބި އޭގައި ތިބި ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމެއް ނުވަތަ ނޫން ކަމެެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުނީ ހަވީރު 3:14 ހާއިރު ކަމަށެވެ.

ކާށިދޫއަށް ދަތުރު ކުރަމުންދިޔަ ދޯންޏެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށާފައިވާއިރު، ދ. ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެގެން މިއަދު ހެނދުނުން ފެށިގެން ސިފައިންނާއި ފުލުހުން ދަނީ އަލިފާން ނިވުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ދޯނީގައި ރޯވި އަލިފާނުން އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.