Advertisement

ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ

29 ސެޕްޓެންބަރު 2024 - 13:39 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވުން: އެއްވެސް މީހަކަށް ގެއްލުން ނުވޭ -- ފޮޓޯ: އެކްސް


ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ

29 ސެޕްޓެންބަރު 2024 - 13:39 0

ދ. ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ، އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 06:30 ހާއިރު އެ ދޯނީގައި އަލިފާން ރޯވެގެން ފުލުހުންނާއި ސިފައިން އެ ދޯނީގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި ދޯނިން ދަތުރުކުރި ހުރިހާ އެންމެންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

"އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން. ދޯނިން ދަތުރުކުރި ހުރިހާ އެންމެންގެ ފުރާނަ ވަނީ ސަލާމަތް ކުރެވިފައި،" ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މުދާ އަރުވައިގެން ދިޔަ އެ ދޯނީގެ ފަހަތުގައި ވަރަށް ބޮޑަށް ވަނީ ރޯވެފަ އެވެ.