Advertisement

ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސާއިފް ގެއްލިގެން ހޯދަން ފަށައިފި

25 ސެޕްޓެންބަރު 2024 - 14:50 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސާއިފް ގެއްލިގެން ހޯދަން ފަށައިފި

25 ސެޕްޓެންބަރު 2024 - 14:50 0

ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ހއ. ހޯރަފުށި، ހިރާ، މުހައްމަދު ސާއިފް، 30، ގެއްލިގެން ރިޕޯޓު ކުރުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފި އެވެ.

ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނުނީ ރޭ 9:00 ޖެހިއިރު ހުޅުމާލެ ފޭސް ތިނަކުން ކަމަށާއި އޭރު ލައިގެން ހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހަކު "އަދަދު" އަށް ބުނީ ސާއިފް ފޭސް ތިނަކަށް ގޮސް އުޅުނީ އޭނާގެ ބައްޕައާއެކު މަސް ބާނަން ކަމަށެވެ.

ސާއިފްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅުމަށް ފުލުހުން އެދެ އެވެ.

ސީނިއާ ގައުމީ ޓީމަށް ކުޅުނު ސާއިފް ވަނީ އެކި އުމުރުފުރައިގެ ގައުމީ ޓީމުތަކުގައި ވެސް ކުޅެފަ އެވެ. ސީނިއާ ގައުމީ ޓީމަށް ކުޅުނު ސާއިފް ވަނީ 16 އަހަރުން ދަށް، 19 އަހަރުން ދަށް، 21 އަހަރުން ދަށް އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ފާހަގަވި ސާއިފް ފުރަތަމަ ޑިވިޝަނުގައި ޒުވާން އުމުރުގައި ކުޅެން ފެށި އެވެ. ސާއިފް ވަނީ ކްލަބް ވެލެންސިއާ އާއި މާޒިޔާގެ އިތުރުން ވިކްޓްރީ އަށް ވެސް ކުޅެފަ އެވެ.

ސާއިފް ކުޅުނު ކްލަބުތަކުގެ ތެރޭގައި ގްރީން ސްޓްރީޓްސް, ނިއުރޭޑިއަންޓް އަދި ބުރު ސްޕޯޓްސް ކްލަބު ހިމެނެ އެވެ.