Advertisement

މާލެއިން ނޭޕާލުގެ ޒުވާން އަންހެނަކު ގެއްލިގެން ހޯދަނީ

24 އޮކްޓޯބަރު 2025 - 22:13 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ގެއްލިގެން ހޯދަމުންދާ ޕޫރްނީމާ ގަޖްމާ، 19، ގެ ފޮޓޯ ---


މާލެއިން ނޭޕާލުގެ ޒުވާން އަންހެނަކު ގެއްލިގެން ހޯދަނީ

24 އޮކްޓޯބަރު 2025 - 22:13 0

މާލޭގައި ދިރިއުޅޭ ނޭޕާލުގެ ޒުވާން އަންހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެ، އާންމުންގެ އެހީތެރިކަމަށް އެދެފި އެވެ.

ގެއްލިގެން ހޯދަނީ ޕޫރްނީމާ ގަޖްމާ، 19، ނަމަކަށް ކިޔާ މީހެކެވެ.

އޭނާ އެންމެ ފަހުން ފެނުނީ އޮކްޓޯބަރު 21، ގެ 2:00 ގައި ކަމަށް ބުނެ އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ އިރުއޮއްސި 6:56 ހާއިރު ކަމަށް ފުލުހުން މިރޭ ބުނެފައިވެ އެވެ.

މި ރިޕޯޓާއި ގުޅިގެން މިހާތަނަށް އެކި މުއައްސަސާތަކަށް މައުލޫމާތު ހިއްސާކޮށް ހޯދި ހޯދުންތަކުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭނާ އުޅޭތަނެއް ވެސް ހޯދިފައި ނުވާ ކަމަށް ބުނެ ގެއްލުނު މީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ލަސްނުކޮށް މާފަންނު ފުލުސް ސްޓޭޝަނުގެ ނަމްބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން މިރޭ ކުރި އިއުލާނުގައި އެދިފައިވެ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ނޭޕާލު ރައްޔިތުންގެ އަދަދު މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ. ބިދޭސީ މަސައްކަތްތެރިން ގެއްލުމަކީ މަދުން ނަމަވެސް މީގެ ކުރިން ދިމާވެފައިވާ ކަމެކެވެ.