Advertisement

ވިލިމާލެ ކައިރި އޮތް ކާގޯ ބޯޓުން ކަނޑަށް ވެއްޓުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

25 ސެޕްޓެންބަރު 2025 - 20:29 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކޯސްޓު ގާޑު އުޅަނދެއް މާލެ ކައިރިން ދަތުރުކޮށްފައި ދަނީ: ގެއްލުނު މީހާގެ ހަށިގަނޑު ހޯދީ ކޯސްޓު ގާޑުން ----


ވިލިމާލެ ކައިރި އޮތް ކާގޯ ބޯޓުން ކަނޑަށް ވެއްޓުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

25 ސެޕްޓެންބަރު 2025 - 20:29 0

ވިލިމާލެ ބޭރުގައި އަޅާފައި އޮތް އިންޑިއާގެ ކާގޯ ބޯޓަކުން ވެއްޓުނު އެ ގައުމުގެ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ" އިން އެ މީހާ ވެއްޓުނުކަން ރިޕޯޓުކޮށްގެން ސިފައިން ހަރަކާތްތެރިވާން ފެށީ ހޯމަ ދުވަހުގެ ރޭ 11:30 ހާއިރު އެވެ.

އެމްއެންޑީއެފް އިން މިރޭ ބުނި ގޮތުގައި ސިފައިންނަށް އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ކ. ފޭދޫ ފިނޮޅު ކައިރިން މިއަދުގެ ވަގުތެއްގަ އެވެ. ހަށިގަނޑު ފެނުނީ ކަނޑު އަޑިން ކަމެއް، ނުވަތަ އޮޔާ ދަނިކޮށް ކަމެއް ނުބުނެ އެވެ.

ސިފައިންގެއިން އިތުރަށް ބުނީ އެ މީހާގެ ހަށިގަނޑު މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ފުލުހުން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.

ވެއްޓުނު މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓުގާޑުގެ އުޅަނދުތަކުންނާއި އެއާކޯގެ ޑްރޯން އިން މަސައްކަތް ކުރި އެވެ. އޭނާ ފެނުނީ މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އަށެވެ.